ENGLISH

10 މާރިޗު 2026

Advertisement

ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމްގެ ތިންވަނަ ބުރަށް ހުޅުވާލައިފި

10 މާރިޗު 2026

|

އަޙުމަދު ޙަމީދު

ވަތަނީ ހިދުމަތުގެ ޕްރޮގުރާމުގެ ފަންނީ ތަމްރީނުގައި ބައިވެރިވާ ޒުވާނުން، ފޮޓޯ: އެކްސް

ދިވެހި ވަޠަނީ ޚިދުމަތުން ކުރިއަށް ގެންދާ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގެ ތިންވަނަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު، ހުޅުވާލައިފި އެވެ.

މިނިސްޓްރީ އޮފް ޑިފެންސުން ބުނީ ދިވެހި ވަޠަނީ ޚިދުމަތުން ކުރިއަށް ގެންދާ ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގެ ތިންވަނަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު ޝަރުތުހަމަވާ ހުރިހާ ޒުވާނުންނަށް ހުޅުވާލާފައިވާ ކަމަށެވެ.

  1. އުމުރުން 16 އަހަރު ފުރި 28 އަހަރު ނުފުރޭ ފަރާތެއް ކަމުގައިވުން (އުމުރުން 18 އަހަރު ނުފުރޭ ކުދިން، މި ޚިދުމަތުގައި ބައިވެރިކުރެވޭނީ، މި ޚިދުމަތުގައި ބައިވެރިވުމާއިމެދު އެ ކުއްޖެއްގެ ޝަރުޢީ ނުވަތަ ޤާނޫނީ ބަލަދުވެރިޔާގެ އިޢުތިރާޒެއް ނެތްކަމުގައި ވާނަމަ އެވެ.)
  2. ފުރިހަމަ ޞިއްޙަތެއްގައި ހުރި ފަރާތެއް ކަމުގައިވުން

މި ޕްރަގްރާމްގައި ތަމްރީނުގެ މުއްދަތަކީ ތިންމަސް ދުވަހެވެ. ތަމްރީން ފެށުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ ފަހު ހަފުތާގެ ތެރޭގަ އެވެ.

ތަމްރީނު ހިންގާނީ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރ، ޅ.މާފިލާފުށީގަ އެވެ.

ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަށް ބައިވެރިން ހޮވުމުގައި އިންޓަވިއު، އެޕްޓިޓިއުޑް ޓެސްޓް، ފިޒިކަލް ސްކްރީނިންގ އަދި މެޑިކަލް ސްކްރީނިންގ ކުރިއަށް ގެންދާނެ އެވެ. މި ޕްރޮގްރާމަށް ހޮވޭ ޒުވާނުން، މި ޚިދުމަތަށް އެންރޯލްކުރެވޭ ދުވަހުން ފެށިގެން އެލަވަންސެއް ދޭނެ އެވެ. މީގެ އިތުރުން ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ ފުރިހަމަކުރުމަށްފަހު، ފަންނީ ތަމްރީނާއި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށް ދޭނެ އެވެ.

ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ އެޕްރީލް 5 ވަނަ ދުވަހުގެ 14:00 އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދަށް ފެއްޓެވި މި ޕްރަގްރާމަށް ވަރަށް ބޮޑު ތަރުޙީބެއް ލިބެމުންދެ އެވެ.

ކިޔުންތެރިންގެ ހިޔާލު