ENGLISH
10 މާރިޗު 2026
އައްޑޫ ޕަވަރ ހައުސްއަށް އިންޖީނު ފޯރުކޮށްދެނީ ބެލްޖިއަމުގެ ގާބިލު ކުންފުންޏަކުން
09 މާރިޗު 2026
|
އައްޑޫ ޕަވަރ ހައުސްއަށް ބޭނުންވާ އިންޖީނުތައް ގެނައުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ފެނަކަަ
އެންމެ މަޤްބޫލު
އައްޑޫ ޕަވަރ ހައުސްއަށް ބޭނުންވާ ޖަނަރޭޓަރުތައް ފޯރުކޮށްދެނީ އެންގްލޯ ބެޖިއަން ކޯޕަރޭޝަން ނަމަކަށް ކިޔާ ދުވަސްވީ ބެލްޖިއަމް ކުންފުންޏަކުންކަން ހާމަވެއްޖެއެވެ.
މި މަސައްކަތް ހަވާލުކުރި ޑެފިނިޓް ސޮލިއުޝަންސްއާއެކު ޖަނަރޭޓަރުތައް ރާއްޖެއަށް ގެނައުމުގެ އެއްބަސްވުމުގައި ފެނަކައިން ސޮއިކުރީ ނިމުނު ހަފުތާގައެވެ. އެ އެއްބަސްވުމާ ގުޅިގެން އެކަމުގެ ހަގީގަތް އޮޅޭ ގޮތަށް ގިނަ ބަޔަކު މީސްމީޑިޔާގައި ތަފާތު ވާހަކަތައް ފެތުރިއެވެ.
އެންގްލޯ ބެލްޖިއަން ކޯޕަރޭޝަނުން ލިންކެޑިންގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވަނީ ފަސް 8DL36 ޖެނެރޭޓަރު ސެޓު ފެނަކައަށް ފޯރުކޮށްދިނުމަށް އެ ކުންފުނީގެ އެޖެންޓު ޑެފިނިޓް ސޮލިއުޝަންސްއާއެކު އެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ.
އެ ކުންފުނިން ބުނި ގޮތުގައި މި ފަސް ޖަނަރޭޓަރުން ޖުމްލަ 26 މެގަވޮޓުގެ ކަރަންޓު އުފައްދާނެއެވެ. އަދި މިއީ އައްޑޫ ސިޓީގެ މަރުކަޒީ އިންޖީނުގެ ގާއިމުކުރުމުގެ މަސައްކަތަށް އެހީވެދޭ އެއްބަސްވުމެއް ކަމުގައިވެސް އެ ކުންފުނިން ބުނެފައިވެއެވެ.
ފެނަކައާއެކު ހެދި މި އެއްބަސްވުމުގެ ދަށުން އައްޑޫ ސިޓީގައި ގާއިމުކުރާ މަރުކަޒީ އިންޖީނުގެ ވެގެންދާނީ އިތުބާރާއެކު ދެމެހެއްޓެނެވި ގޮތެއްގައި ކަރަންޓޫ ފޯރުކޮށްދިނުމަށް ފަހިކޮށްދެވޭ ފުރުސަތަކަށްކަން ފާހަގަކޮށް އެންގްލޯ ބެލްޖިއަން ކޯޕަރޭޝަނުން ފެނަކައިން އެ ކުންފުންޏަށް އިތުބާރުކުރީތީ ޝުކުރު އަދާކުރިއެވެ.
އެންގްލޯ ބެލްޖިއަން ކޯޕަރޭޝަނަކީ މެދުފަންތީގެ ދުވެލީގެ ޑީސަލް އިންޖީނު އުފައްދާ ކުންފުންޏެކެވެ. އެ ކުންފުނި އޮކްޓޯބަރު 1912 ވަނަ އަހަަރު ވުޖޫކުރި ކުންފުންޏެކެވެ. އެ މުއްދަަތުގެ ތެރޭގައި އެ ކުންފުނިން އުފައްދާ އިންޖީނުތަކުގެ ގާބިލުކަން އިތުރުކޮށް، ޖަނަރޭޓަރު އުފެއްދުމުގެ ދާއިރާގައި ގިނަ ބައެއްގެ އިތުބާރު އެ ކުންފުނިން ހޯދިއެވެ.