ENGLISH

10 މާރިޗު 2026

Advertisement

އއ.ފެރިދޫ ޕޮލިސް ޕޯސްޓު އިމާރާތްކުރުމުގެ މަސައްކަތް ހަލުއިކަމާއެކު ކުރިއަށް

09 މާރިޗު 2026

|

ފާތުމަތު އަދާ

އއ.ފެރިދޫ ޕޮލިސް ޕޯސްޓް/ ފޮޓޯ؛އެމްޓީސީސީ

އއ.ފެރިދޫގައި ތަރައްގީކުރަމުންދާ  ޕޮލިސް ޕޯސްޓުގެ އިމާރާތުގެ މަސައްކަތުގެ ތެރެއިން، މިހާރު ކުރިއަށްދަނީ އިމާރާތުގެ އެތެރޭގައި ސިމެންތި ޖެހުމާއި ސީލިންގް ކުރުމުގެ މަސައްކަތް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓިސީސީން ފާހަގަކުރި ގޮތުގައި ފުލުހުންގެ މަރުކަޒުގެ ގްރައުންޑް ފްލޯގެ ކޮންކްރީޓް މަސައްކަތްތަކާއި، ފެނާއި ނަރުދަމާ ހޮޅި ގުޅުމުގެ މަސައްކަތް މިހާރުވަނީ ނިންމާލެވިފައެވެ. 

މި މަޝްރުއުގެ ދަށުން ފެރިދޫ ފުލުހުންގެ ޕޯސްޓުގެ ގޮތުގައި އަޅަނީ އެއް ފަންގިފިލާގެ އިމާރާތެކެވެ. އެ އިމާރާތުގައި އެ ރަށުގެ އާބާދީއަށް ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ގާއިމުކުރާނެ ކަމަށްވެސް އެމްޓީސީސީން ބުނެފައިވެއެވެ. 

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށަށް ޒިޔާރަތްކުރެއްވިއިރު އެ އިމާރާތުގެ ބިންގާ އެޅިގެންދިއުމާއެކުއެވެ. 

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފުލުހުންގެ ހިދުމަތް ފުޅާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ. ރައީސް މުއިއްޒު ވަނީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކޮށް، ގާނޫނު ތަންފީޒުކުރުން ހަރުދަނާކޮށް މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް އިތުރަށް ވަރުގަދަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. 

ކިޔުންތެރިންގެ ހިޔާލު