ENGLISH

09 މާރިޗު 2026

Advertisement

ދުންފުހުގެ އަސަރު އިތުރުވެ، ނުރައްކާ މިންވަރަށް ވައި ނުސާފުވެއްޖެ

09 މާރިޗު 2026

|

ފާތުމަތު އަދާ

މާލެ ސަރަހައްދުގައި ވައި ވަރަށް ބޮޑަށް ނުސާފްވެފައި/ފޮޓޯ:މިހާރު

ދުންފުހުގެ އަސަރު އިތުރުވެ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ނުރައްކާތެރި މިންވަރަށް ވައި ނުސާފްވާ ކަމަށް "އައިކު އެއާ" ގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ވައިގެ ނުސާފުކަން އެންމެ ބޮޑީ ވިލިމާލެގައެވެ. އެގޮތުން އެ ސަރަހައްދުގެ އެއާ ކޮލިޓީ އިންޑެކްށް 139 ގައި ހުރުމުން މިއީ ސިއްހަތަށް ނުރައްކާވާ ފަދަ ދަރަޖައެކެވެ.

ވިލިމާލޭގެ ވައިގައި ހިރަފުސް ކުނޑި ނުވަތަ ޕީއެމް 2.5 ހުރީ 42.1 ގައި ކަމަށް "އައިކު އެއާ" ގެ ތަފާތު ހިސާބުތަކުން ދައްކައެވެ. މި އަދަދަކީ ދުނިޔޭގެ ސިއަހަތު ޖައްމީއާއިން ކަނޑައަޅާފައިވާ މިންގަނޑަށް ވުރެ 12 ގުނަ އިތުރެވެ.

ރަށްރަށުގައި ވައިގެ ކޮލިޓީ ހުރި މިންވަރު:

  • ފުވައްމުލައް: 79 (މެދު މިންވަރެއްގައި)
  • އައްޑޫ ސިޓީ: 84 (މެދު މިންވަރެްގައި)
  • ފުނަދޫ: 68 (މެދު މިންވަރެްގައި)
  • ދ.ކުޑަހުވަދޫ: 124 (ހައި ރިސްކް މީހުންނަށް ނުރައްކާ)
  • ހދ.ކުޅުދުއްފުށި: 151 (ހައި ރިސްކް މީހުންނަށް ނުރައްކާ)    

ވައި ނުސާފުވުމުގެ ސަބަބުން ބޭރުތެރޭގައި އުޅޭ މިންވަރު މަދުކުރުމަށާއި ބޭރަށް ކޮންމެހެން ނިކުންނަން ޖެހިއްޖެނަމަ މާސްކް އެޅުމަށް ސިއްހީ މާހިރުން ލަފާދީފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު