ENGLISH
09 މާރިޗު 2026
މި ރޯދަ މަހުގެ ދެވަނަ "އަވައްޓެރި ރޯދަ ވީއްލުން" މިއަދު ހަވީރު ބާއްވަނީ
09 މާރިޗު 2026
|
އެންމެ މަޤްބޫލު
މިއަދު ހަވީރު މި ރޯދަ މަހުގެ ދެވަނަ "އަވައްޓެރި ރޯދަ ވީއްލުން" އެޗްޑީސީއާއި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތައް ގުޅިގެން ހުޅުމާލެ ފޭސް 1 ގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
މި ރޯދަ ވީއްލުމަކީ ހުޅުމާލޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން ހުޅުމާލޭގެ ރައްޔިތުންނާއި އެޗްޑީސީ އަދި ނެއިބަހުޑް ޕޮލިސް ގުޅިގެން ކުރިއަށްގެންދާ ރޯދަ ވީއްލުމެކެވެ. މި ރޯދަ ވީއްލުން ބާއްވަން ހަމަޖެހިފައިވަނީ މިއަދު ހަވީރު 18:00 ގައި ހުޅުމާލެ ފޭސް 1 ގެ ރަނައުރާ މަގު (ހުރަވީ ސްކޫލު ކުރިމަތީ) ގައެވެ.
މިއީ މި އަހަރުގެ ދެވަނަ ރޯދަ ވީއްލުން ކަމުން ފުރަތަމަ ރޯއްދަ ވީއްލުން ބޭއްވީ މިދިޔަ ހަފްތާގައި، ހުޅުމާލޭ ފޭސް 2 ގައި ތަރައްގީކޮށްފައިވާ އެފްޑީސީ ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހާއްސަކޮށްގެންނެވެ.
އެޗްޑީސީއާއި ރައްޔިތުން ގުޅިގެން މިދިޔަ އަހަރުވެސް ވަނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އަވައްޓެރި ރޯދަ ވީއްލުންތައް ބާއްވާފައެވެ
މި ރޯދަ ވީއްލުމުގެ މައިގަނޑު ބޭނުމަކީ ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް ދިރުވުމެވެ.
އެޗްޑީސީގެ މައިގަނޑު އަމާޒަކީ ހުޅުމާލޭގެ ރައްޔިތުންނާ ގުޅުގެން މިފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމެވެ.