ENGLISH
09 މާރިޗު 2026
ފަހު 10 ގައި ކަސްޓަމްސްއިން ހިދުމަތްދޭ ގަޑިތަކަށް ބަދަލުތަކެއް ގެނެސްފި
09 މާރިޗު 2026
|
މޯލްޑިވްސް ކަސްޓަމްސްގެ މުވައްޒަފުން ޕޯސްޓް އެންޑު އެކްސްޕްރެސް ހިދުމަތުގެ ތެރެއިން: ކަސްޓަމުން ވަނީ ރޯދަ މަހުގެ ފަހު 10 ގައި ހިދުމަތް ދޭ ގަޑިތަކަށް ބަދަލުތަކެއް ގެނެސްފަ-- ފޮޓޯ--/ ކޯޕަރޭޓް މޯލްޑިވްސް
އެންމެ މަޤްބޫލު
ރަމަޟާން މަހުގެ ފަހު ދިހަ ދުވަހުގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހިދުމަތް ދޭ ގަޑިތަކަށް ބަދަލުގެނެސް އެކަން އިއުލާނުކޮށްފިއެވެ.
ކަސްޓަމްސް އިން މިއަދު ހާމަކުރި ގޮތުގައި ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 13:00 އަށް ހެޑް އޮފީސް ހުޅުވި ނަމަވެސް، ގއ. ވިލިނގިލި ކަސްޓަމްސް، ލ. ގަމުގެ ކަސްޓަމްސް އޮފީސް އަދި ހއ. އުލިގަމުގެ ކަސްޓަމްސް އޮފީސް ހުޅުވާފައި ހުންނާނީ ހެނދުނު 9:00 އިން 12:00 އަށެވެ.
ކަސްޓަމްސް ސަޕޯޓް ސެންޓަރ ހާބާ މެނޭޖްމަންޓް، ސީކާގޯ ޑޮކިއުމެންޓޭޝަަން، ސީކާގޯ އެގްޒިމިނޭޝަން، ހުޅުމާލޭ ސީކާގޯ އެގްޒިމިނޭޝަން އަދި ކޭޝް ކައުންޓަރ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 9:00 އިން ދަންވަރު 1:30 އާއި ހަމައަށް، ހުޅުވާފައި ހުންނާނެއެވެ.
ނަމަވެސް ބޮންޑެޑް ވެއަރހައުސް، ސައުތު ރީޖަނަލް ޑޮކިއުމެންޓޭޝަން، ސ ހިތަދޫ އެގްޒަމިނެޝަންގެ އިތުރުން ކުޅުދުއްފުށީ ކަސްޓަމްސް، ކުޅުދުއްފުށީ ސީކާގޯ އެގްޒެމިނޭޝަން އަދި އެގްޒެމިނޭޝަން ހުޅުވާފައި ހުންނާނީ ހެނދުނު 9:00 އިން މެންދުރު 1 ޖެހުމާއި ހަމައަށެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ޕޯސްޓް އެންޑު އެކްސްޕްރެސް ކޮންޒައިމަންޓް ސެކްޝަން، އާދީއްތަ އިން ބުރާސްފައްޗަށް ހުޅުވާފައި ހުންނާނީ ހެނދުނު 10 އިން މެންދުރު ފަހު 14:00 އަށެވެ. އަދި ހޮނިހިރު ދުވުގެ ރޭގަނޑު 9:00 އިން 1 ޖެހުމާ ހަމައަށެވެ.
އެހެންނަމަވެސް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓާއި، އަތޮޅުތެރޭގެ އެއާޕޯޓް ތަކުގެ ސެކްޝަންތައް ކުރިއެކޭ އެއްފަދައިން 24 ގަޑިއިރު ހުޅުވާ ހިދުމަތް ދޭނެއެވެ.