ENGLISH
09 މާރިޗު 2026
ފަހު 10 ގައި އިމިގްރޭޝަނުން ހިދުމަތް ދޭ ގަޑިތައް އިއުލާން ކޮށްފި
09 މާރިޗު 2026
|
ކުޅުދުއްފުށީގައި ގާއިމުކުރި އިމިގްރޭޝަންގެ އޮފީސް: އިމިގްރޭޝަނުން ވަނީ ރޯދަ މަހުގެ ފަހު 10 ގައި ހިދުމަތް ދޭނެ ގަނޑުތައް އިއުލާން ކޮށްފަ-- ފޮޓޯ/ އިމިގްރޭޝަން
އެންމެ މަޤްބޫލު
ރަމަޟާން މަހުގެ ފަހު 10 ގައި އިމިގްރޭޝަނުން ހިދުމަތްތައް ލިބޭނެ ދުވަސްތަކާއި ގަޑިތައް އިއުލާން ކޮށްފިއެވެ.
އިމިގްރޭޝަނުން އިއްޔެ އާންމު ކޮށްފައިވާ މައުލޫމާތުތަކުގައި ބުނެފައިވަނީ، އިމުގަ ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓަށް އެދި ހުށައެޅުމުގެ ފުރުސަތު 24 ގަޑިއިރު ލިބޭނެކަމަށެވެ. ނަމަވެސް މާލެ އަދި ހުޅުމާލޭ، އިމިގްރެޝަންގެ އޮފީސްތަކުން ޕާސްޕޯޓު ދޫކުރުމަށް ނަންބަރު ދޫކުރާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު 9:15 އިން 13:00 ށް(ކިއުބީ) މެދުވެރިކޮށެވެ. ހުކުރު ދުވަހު 9:15 އިން 11:00 އަށެވެ.
އައްޑޫސިޓީގައި ޕާސްޕޯޓް ދޫކުރަން ހަމަޖެހިފައިވަނީ ކޮންމެ ދުވަހަކު 9:15 އިން 12:00 އަށެވެ.
އިތުރު އަތޮޅުތަކުގައި ޕާސްޕޯޓް ދޫކުރާނީ ހެނދުނު 10 ން 12 ށް ކަމުގައި ވީނަމަވެސް، ޕާސްޕޯޓު ދޫކުރުމަށް ވަކި ދުވަސްތަކެއް ވަނީ ހަމަޖައްސާފައެވެ.
އަތޮޅުތަކުން ޕާސްޕޯޓް ދޫކުރުމަށް ހަމަޖެހިފައިވާ ދުވަސްތައް:
އެމެޖެންސީގައި ޕާސްޕޯޓްގެ ހިދުމަތް ބޭނުންވާނަމަ 9555333 ށް ގުޅާލުމުން އެ އިންތިޒާމަތައް ހަމަހޭނެއެވެ.
މިބަދަލުތަކާއި އެކު ވިސާގެ ހިދުމަތްތައް ފޯރުކޮށްދޭ ގަޑިތަކަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެހެންނަމަ އިމުގައި ޕޯޓަލް މެދުވެރިކޮށް، އީ-ވިސާ އަށް އެދި ހުށައެޅޭނެއެވެ.
އިމިގްރޭޝަންގެ އޮފީސް(ސްޓާ ކްލައުޑް8 ވަނަ ފަންގިފިލާ) ބަންދު ނޫން ކޮންމެ ދުވަހަކު 9:00ން 13:00ށް ހުޅުވާފައި ހުންނާނެއެވެ.
އިމިގްރޭޝަން އެންޕޯސްމަންޓް އެންޑް ކޮންޕްލަޔަންސް ޑިވިޒަންގެ ހިދުމަތް ހުކުރު ދުވަސްތައް ފިޔަވާ ކަޮންމެ ދުވަހަކު 9:00 ން 14:00 އާއި ހަމައަށް ލިބެން ހުންނާނެއެވެ.
އިމިގްރޭޝަނުން ފޯރުކޮށްދޭ ސީޕޯޓް ގެ ޚިދުމަތް، ހުކުރު ދުވަސް ފިޔަވާ، އެހެނިހެން ދުވަސްތަކުގައި 5:00 އިން 12:00 އަށް ދޭން ނިންމާފައިވާއިރު، މެންދުރުފަހު 13:00 އިން 17:30 އަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 20:00 ން ފަތިހު 4:00 އަށް ދޭނެއެވެ.
ހުކުރު ދުވަހު މި ހިދުމަތް ދޭނީ މެންދުރުފަހު 14:30 އިން 17:30 އަށެވެ. ރޭނގަޑު 20:00 އިން 4:00އަށް އަދި ހެނދުނު 5:30 ހުން ހެނދުނު 8:00 އަށެވެ.
މި މުއްދަތުތަކުގައި އަތޮޅުތަކުގެ ސީޕޯޓުތައް ކަމަށްވާ ކުޅުދުއްފުށި އުލިގަން އަދި ހިތަދޫ އިން ހިދުމަތް ދޭނީ 9:00 އިން 13:00 އަށެވެ.
ރަމަޟާންމަހުގެ ފަހު ދިހައިގައި ސަރުކާރު އޮފީސްތައް ވަނީ ބަންދުކޮށްފައެވެ. މިއީ ރާއްޖޭގައި އިސްލާމީ އުސޫލުތައް ގާއިމުކުރުމާއި ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ދިނުމުގެ ގޮތުން، ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތައް ބަންދު ކުރެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެހެން ނަމަވެސް މި މުއްދަތުގައި ރައްޔިތުންނާއި ގުޅުންހުރި މުހިންމު ހިދުމަތްތަކަށް، ބުރޫ ނާރާނޭ އިންތިޒާމަތައް ވަނީ ހަމަޖައްސާފައެވެ.