ENGLISH

10 މާރިޗު 2026

Advertisement

އެމްޑީޕީއަކީ ޖަދަލުކުރުމަށް ދެވިހިފާފައިވާ ބައެއް، ރަނގަޅު ކަންކަމުގައި އެއްބާރުލުންދިނުމުގެ ވިސްނުމެއް ނުހުންނާނެ: ސައްތާރު

09 މާރިޗު 2026

|

ޝިފްޒާން އަޙްމަދު

ހޮޅުދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު, ފޮޓޯ: ޕީއެންސީ

އިދިކޮޅު އެމްޑީޕީއަކީ ޖަދަލުކުރުމަށް ދެހިހިފާފައިވާ ޕާޓީއެއްކަަމަށާއި، އެ ޕާޓީގެ ވިސްނުމާ ދެކޮޅު ބަޔަކު ކިތަންމެ ރަނގަޅު ކަމެއް ކުރިނަމަވެސް އެ ކަމެއްގައި އެއްބާރުލުން ދިނުމުގެ ވިސްނުމެއް އެ ޕާޓީން ނުގެންގުޅޭނެކަމަށް ވިދާޅުވެ ހޮޅުދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު އިދިކޮޅު އެމްޑީޕީއަށް ފާޑުވިދާޅުވެއްޖެއެވެ. 

މައްޗަން ގޮޅީ ދެކުނު ދާއިރާގެ ކައުންސިލަރުކަމަށާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުގެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ހަފުލާގައި ދެއްކެވި ވާހަކަފުޅުގައި ސައްތާރު ވިދާޅުވީ އެމްޑީޕީއަކީ އެއްވެސް ހަރުދަނާ ސިޔާސަތެއް ނެތި ވެރިކަމާ ހަވާލުވި ބައެއްކަމަށާއި، އެ ޕާޓީގެ ފުރަތަމަ ވެރިކަން ނިމުނު ގޮތަށް ނިމިގެންދިޔަ ސަބަބަކީވެސް ހަރުދަނާ ވިސްނުމެއް، ތަސައްވުރެއް، އަދި ސިޔާސަތެއް ނެތުން ކަމަށެވެ. 

"އެމްޑީޕީއަކީ އެއްވެސް ހަރުދަނާ އަސާސެއް ސިޔާސަތެއް ނެތި މިގައުމުގެ ވެރިކަމާ ހަވާލުވި ބައެއް. އެހެންވެގެން ފުރަތަމަ ވެރިކަންވެސް ތިން އަހަރު ތެރޭ ވެއްޓިގެންދާންޖެހުނީ،" ސައްތާރު ވިދާޅުވިއެވެ. 

ސައްތާރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒަކީ މާލޭގެ މޭޔަރުކަމުގައި ހުންނަވައިގެން މާލޭގެ އެތައް މައްސަލައެއް ހައްލުކުރައްވައި އެތައް ހިދުމަތެއް ރަނގަޅުކޮށްދެއްވި ބޭފުޅެއްކަމަށާއި، މާލޭގައި ހުރި މައްސަލަތައް ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭފުޅެއްގެ ހައިސިއްޔަތުން އެމަނިކުފާނު މިއަދު ބޭނުންފުޅުވަނީ އެމަނިކުފާނުގެ ވިސްނުންފުޅާ އެއްގޮތަށް މަސައްކަތްކުރައްވާނެ މޭޔަރަކާއި އެ މޭޔަރަށް އެހީތެރިވެދޭނެ ކައުންސިލަރުންގެ ޓީމެއް މާލޭގައި ތިއްބެވުމަށް ކަމަށެެވެ. 

"އެމަނިކުފާނު ބޭނުންފުޅުވަނީ މާލެއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށްޓަކައި ބޭނުންވަނީ އެމަނިކުފާނުގެ ވިސްނުންފުޅާ އެއްގޮތަށް، އެމަނިކުފާނުގެ މަޝްވަރާއާ އެއްގޮތަށް މަސައްކަތްކުރެވޭނެ މޭޔަރެއް، އަދި އެ މޭޔަރަށް އެހީތެރިވެވޭނެ ކައުންސިލަރުންތަކެއް. އެހެންވީމާ ކެންޑިޑޭޓުންގެ ނަމަކަށް މޫނަކަށް ކަނދުރާއަކަށް ހެދުމަކަށް ބަލާނެ ކަމެއް ނެތް، ވޯޓު ލާންވީ ދޫންޏަށް،" ސައްތާރު ވިދާޅުވިއެވެ. 

ސައުދީން ތެޔޮ ބާޖު އަދި ބަރުމާއިން ހަނޑޫ އަމިއްލައަށް ގެނެވިދާނެ ކަމަށް ބައެއް ކައުންސިލުތަކުން ވިސްނި ނަމަވެސް މިފަދަ ކަންކަމާއި، ސަރުކާރު ޖަވާބުދާރީކުރުވުމަކީ ކައުންސިލުތަކުގެ ޒިންމާއެއް ނޫންކަމަށް ވިދާޅުވެ، ސައްތާރު ފާހަގަކުރެއްވީ ކައންސިލުތަކުގެ ޒިންމާއަކީ ރައްޔިތުންނާ ގާތުން އެންމެ ފަސޭހައިން ލިބޭނެ ގޮތަށް ރަށްވެހި ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ. 

ގާނޫނުގައި ތަސައްވުރުކުރާ ގޮތަށް މަސައްކަތްކުރެވޭނީ ސަރުކާރާ އެއްވިސްނުމެއްގައި ގުޅިގެން ހިދުމަތް ދެވޭނެ ކައުންސިލުތަކެއް އޮވެގެންކަަން ފާހަގަކުރައްވަމުން ސައްތާރު ވިދާޅުވީ ކައުންސިލު އިންތިހާބަށް ކުރީގެ އެއްވެސް ރައީސަކު ނުދެއްވާ އަހައްމިއްޔަތު ދެއްވައިގެން ރައީސް ޑރ.މުޢިއްޒު ކުރައްވަަމުންދާ މަސައްކަތްޕުޅަކީ ރައްޔިތުންނަށް ހިދުމަތްކުރެއްވުމަށް ކައުންސިލުތަކުގެ މުހިއްމުކަން ބޮޑުވާތީ ކުރައްވާ މަސައްކަތްޕުޅެއް ކަމަށެވެ. 

ސައްތާރުވަނީ ލޯކަލް ކައުންސިލު އިންތިހާބުގެ ވޯޓާއެކު ނަގާ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުންނަށް ފެންނަ ނުފެންނަ ގޮތް ބެލުމުގެ ވޯޓުގައިވެސް އެމްޑީޕީން އިސްކުރަނީ އެ ޕާޓީގެ ފިކުރާ ދެކޮޅު ބަޔަކު ހުށަހަޅާ ކަމަކަށްވާތީ އެކަމާ ޖަދަލުކުރުންކަމަށް ސިފަކުރައްވާފައެވެ. 

އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީން ކުރިން ތާއީދުކުރި ސިޔާސަތަކާ ދެކޮޅުހަދައި އިންތިހާބުތައް އެއް ދުވަހެއްގައި ބޭއްވުމަށް މިހާރު އިންކާރުކުރަނީ އެކަމުގައި އެކުލެވޭ ފައިދާތައް އެނގިތިބެ، އަދި އެގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން ފާސްވެއްޖެނަމަ އެމްޑީޕީއަށް މަޖިލީހުގެ އަޣުލަބިއްޔަތު ލިބުނަސް އެކަން އެހެން ގޮތަކަށް ބަދަލުވެސް ނުކުރާން އަޒުމު ކަނޑައަޅައިގެން ތިބެއެވެ. 

ކިޔުންތެރިންގެ ހިޔާލު