ENGLISH

10 މާރިޗު 2026

Advertisement

73 ވަނަ އަސާސީ ތަމްރީނު ކޯސް އިފުތިތާޙު ކޮށްފި

08 މާރިޗު 2026

|

އަޙުމަދު ޙަމީދު

73 ވަނަ އަސާސީ ތަމްރީނު ކޯސް އިފުތިތާޙު ކުރުން --

73 ވަނަ އަސާސީ ތަމްރީނު ކޯސް އިފުތިތާހުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މިކަމަށް ޓަކައި މި މަހު 7ވަނަ ދުވަހުގެ ރޭ ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ޑެޕިއުޓީ ކޮމާންޑިންގ އޮފިސަރ، ކާނަލް އިބްރާހީމް ނަވީން ޒުބައިރެވެ.

މި ރަސްމިއްޔާތުގައި މުދައްރިބުންނަށް ވަޢުދު ލައިދިނުމާއި، ދަރިވަރުންނަށް އިޤުރާރު ލައިދެއްވުން އޮތެވެ. ކޯހުގެ ދަރިވަރުންނަށް އިޤުރާރު ލައިދެއްވާ ކޯހުގެ ކޮމްޕެނީ ކޮމާންޑަރ އަދި ޗީފް އިންސްޓްރަކްޓަރ، ކެޕްޓަން އަޙްމަދު ވިޝާނެވެ. އަދި މުދައްރިބުންނަށް ވަޢުދު ލައިދެއްވީ ކޯހުގެ ކޯސް އޮފިސަރު، ލެފްޓިނެންޓް ކާނަލް މުޙައްމަދު ޖިނާނެވެ. 73 ވަނަ އަސާސީ ތަމްރީނު ކޯހުގައި 142 ދަރިވަރުން ހިމެނޭ އިރު އޭގެތެރޭގައި 25 އަންހެން ދަރިވަރުން ވެސް ހިމެނެ އެވެ.

މި ރަސްމިއްޔާތުގައި ދަ ބޭސިކް ސްކޫލުގެ ކޮމާންޑިންގ އޮފިސަރ، ލެފްޓިނެންޓް ކާނަލް އަޙްމަދު ޒައީމާއި، 73 ވަނަ އަސާސީ ތަމްރީނު ކޯހުގެ ކޯސް އޮފިސަރު، ލެފްޓިނެންޓް ކާނަލް މުޙައްމަދު ޖިނާނާއި، 73 ވަނަ އަސާސީ ތަމްރީނު ކޯހުގެ ކޮމްޕެނީ ކޮމާންޑަރ އަދި ޗީފް އިންސްޓްރަކްޓަރ، ކެޕްޓަން އަޙްމަދު ވިޝާނާއި، އެންސީއޯ އެކެޑަމީގެ ޑައިރެކްޓަރ، މޭޖަރ މުޙައްމަދު ނަދީމާއި، އެ އެކެޑެމީގެ ޑެޕިއުޓީ ޑައިރެކްޓަރ، ސާޖަންޓް މޭޖަރ ޒުހައިރު ޙުސައިނާއި، 73 ވަނަ އަސާސީ ތަމްރީނު ކޯހުގެ އެކްޓިންގ އެގްޒެކެޓިވް އޮފިސަރ، ފަސްޓް ސާޖަންޓް ނާޒިމް އިބްރާހީމް ވަޙީދާއި، 73 ވަނަ އަސާސީ ތަމްރީނު ކޯހުގެ ސީނިއަރ އެންލިސްޓެޑް ލީޑަރ، ފަސްޓް ސާޖަންޓް އަޙްމަދު ލަޠީފާއި، ގިރިފުށި ޓްރޭނިންގ ސެންޓަރުގެ ސީނިއަރ އެންލިސްޓެޑް ލީޑަރ، ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު ޢަބްދުއްރަޙްމާން ބައިވެރިވެލެއްވި އެވެ.

ކިޔުންތެރިންގެ ހިޔާލު