ENGLISH
27 ފެބްރުއަރީ 2026
ޖުމްހޫރީ މައިދާނާއި ސަލްޓަން ޕާކު އަދި ސުނާމީ ބިނާ މައިޒާން ޢީދަށް ނިންމަނީ
27 ފެބްރުއަރީ 2026
|
ޖުމްހޫރީ މައިދާން މަރާމާތު ކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާލުމަށް ފަހު ވަގުތީގޮތުން ހުޅުވާލި ބައި. ފޮޓޯ؛ އެޗްޑީސީ
އެންމެ މަޤްބޫލު
ޖުމްހޫރީ މައިދާނާއި ސަލްޓަން ޕާކުގެ އިތުރުން ސުނާމީ ބިނާ ސަރަހައްދުގެ މަސައްކަތް އީދު ދުވަހަށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ކޮންގްރެސް ޕާޓީގެ ދިވެހިންގެރާއްޖެ ތަރާވީސް ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ އެމަނިކުފާނު ހައުސިން މިނިސްޓަރުކަމާއި މާލޭގެ މޭޔަރުކަމުގައި ހުންނަވައިގެން ތަރައްގީކުރެއްވި ޕާކުތައް ވީރާނާވެފައިވާތީ އަލުން އެތަންތަން ތަރައްގީކުރަން ފެށީ މީގެ ދެ އަރަހެއްހާ ދުވަހުގެ ކުރިން ކަމަށެވެ.
"މިއީ ކައުންސިލުން ކުރަންޖެހޭ ކަންކަން. މިއީ ނުކޮށް ހުރި ކަންކަން. ސަލްޓަން ޕާކު އޮތީ ވީރާނާވެފައި، ޖުމްހޫރީ މައިދާން އޮތީ ހަލާކުވެފައި. ރަސްފަންނު ހަލާކުވެފައި، ސުނާމީ ބިނާ، މިއީ ކުރިން ރީތިކޮށް ހަދާފައި ހުރި ތަންތަން. ނަމަވެސް ކައުންސިލުން ޒިންމާ އަދާ ނުކުރުމުގެ ސަބަބުން މާލޭ ރައްޔިތުންނަށް، ދިރިއުޅޭ ރައްޔިތުންނަށް އިހާނެތިކަން ލިބުނީ. ސަރުކާރުން ވަނީ މިކަން ކުރަން ފަށާފައި މިހާރު. " - ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
މަރާމާތަށް ފަހު ޖުމްހޫރީ މައިދާނާއި ސަލްޓަން ޕާކު އަދި ސުނާމީ ބިނާ މައިޒާން ޢީދަށް ހުޅުވަން މަސައްކަތް ކުރަމުން އަންނަކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މަރާމާތުގެ މަސައްކަތްތަކަށް ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާން ބަންދުކޮށްގެން މަސައްކަތް ފެށީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގައެވެ. ޖުމްހޫރީ މައިދާނުގެ މަސައްކަތްތައް ގާތްގަނޑަކަށް ނިމުމަކާ ހަމައަށް އައިސްފައިވާއިރު އެ ތަނުގެ ބައެއް އާއްމުންނަށް ވަނީ މިހާރު ހުޅުވާލާފަ އެވެ.
މާލޭގެ ޕާކުތަކާއި މައިޒާންތައް އާބާތުރަފިލުވައި މަރާމަތުކޮށް ބެލެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާ މާލޭގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު ވަރަށް ބޮޑަށް އިސްކަން ދެއްވި ކަންކަމެވެ.