ENGLISH
27 ފެބްރުއަރީ 2026
އޭލެވެލް މޭ/ޖޫން އިންތިހާނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
27 ފެބްރުއަރީ 2026
|
ސީއެޗްއެސްސީ ދަރިވަރުން-- ފޮޓޯ: މޯލްޑިވްސް ނިއުސް
އެންމެ މަޤްބޫލު
އޭލެވެލްގެ މޭ/ޖޫން އިމްތިހާނުގައި އަމިއްލަ ގޮތުން ބައިވެރިވާން ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް (ޑީޕީ) އިން ހުޅުވާލައިފި އެވެ.
އަމިއްލަ ގޮތުން އޭލެވެލް އިމްތިހާނުގައި ބައިވެރިވުމަށް މި ހުޅުވާލީ ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު އެވެ.
އިއުލާނުގައި ބުނެފައިވަނީ، ބައިވެރިވާ ކޮންމެ ކެންޑިޑޭޓެއްގެ އަތުން 3000 ރުފިޔާ ބައިވެރިވުމުގެ ފީއެއްގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މީގެ އިތުރުން ބައިވެރިވާ ކޮންމެ މާއްދާއަކަށް ފީ ދައްކަންޖެހޭނެ ކަމަށެވެ.
ޑީޕީން ކުރި އިއުލާނުގައި އިތުރަށް ބުނެފައިވަނީ، އަންނަ މެއި/ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެޑެކްސެލް އޭލެވެލް އިމްތިހާނުގައި (އަމިއްލަ ގޮތުން) ބައިވެރިވާ ކެންޑިޑޭޓުންނަށް އެޕްލިކޭޝަން ދޫކުރުމާއި ފައިސާ ބަލައިގަތުން 2026 ފެބުރުވަރީ 23 ވާ ހޯމަ ދުވަހުން ފެށިގެން 2026 މާރިޗު 12 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ނިޔަލަށް އެ ޑިޕާޓްމަންޓުން ކުރިއަށް ގެންދާނެ ކަމަށެވެ. ފައިސާ ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ބަނޑޭރި ޕޭ ޕޯޓަލް މެދުވެރިކޮށެވެ.
ޑީޕީގެ އިއުލާނާއެކު ސިލަބަހަށް ނަގާ ފީ ވެސް ހިމަނާފައިވެ އެވެ.
ޔުނިޓް: 1 2،080 ރުފިޔާ
ޔުނިޓް: 2 4،160 ރުފިޔާ
ޔުނިޓް: 1 830 ރުފިޔާ
ޔުނިޓް: 2 1،660 ރުފިޔާ
ޔުނިޓް: 3 2،490 ރުފިޔާ
ޔުނިޓް: 4 3320 ރުފިޔާ
ޔުނިޓް: 5 4150 ރުފިޔާ
ޔުނިޓް: 6 4980 ރުފިޔާ
އޭލެވެލް އިމްތިހާނު އަމިއްލަ ގޮތުން ހެދުމުގެ ފުރުސަތު ހުޅުވާލީ، ރާއްޖޭގައި އެ އިމްތިހާން ހުއްޓާލުމާއި ގުޅިގެން އިމްތިހާން ހަދަން ބޭނުންވާ ކެންޑިޑޭޓުން، ރާއްޖޭން ބޭރަށް ދަތުރުފަތުރުކުރުމަށާއި ހުރުމުގެ ޚަރަދަށް އެކަނި ވެސް، އެވްރެޖްގޮތެއްގައި 30،000 ރުފިޔާ އަށް ވުރެ ގިނަ ފައިސާ ޚަރަދުވާކަން ތަފާސްހިސާބުތަކުން މިނިސްޓްރީއަށް ފާހަގަކުރެވިގެންނެވެ. އަދި އެތަކެއް ދަރިވަރުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދާ ދިނުމުގެ ގޮތުންނެވެ.