ENGLISH
26 ފެބްރުއަރީ 2026
އިތުރު ބިދޭސިންތަކެއް ބަލައި ފާސްކޮށް އެކަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
26 ފެބްރުއަރީ 2026
|
އިމިގްރޭޝަނުން ބިދޭސީން ބަލައި ފާސްކުރަނީ / ފޮޓޯ:އިމިގްރޭޝަން
އެންމެ މަޤްބޫލު
އިމިގްރޭޝަނުން މާލޭގެ އެކި ސަރަހައްދުތަކުން 21 ބިދޭސީއެއް ބަލައި ފާސްކޮށް އެކަކު އެ އިދާރަގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ބުނެފި އެވެ.
މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުން ދިޔަ ބިދޭސީން ހުއްޓުވައި އިއްޔެ ސުވާލުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން "އެކްސް" ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.
ހުއްޓުވައި ފާސްކޮށްފައިވާ 21 ބިދޭސީންގެ ފަރާތުން އެއްބާރުލުން ލިބުނުކަމަށް ވެސް އިމިގްރޭޝަނުން ބުނެ އެވެ. އަދި ބަލައި ފާސްކުރި މީހުންގެ ތެރެއިން އެކަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
މިދިޔަ އަހަރާއި މިއަހަރު އިމިގްރޭޝަނުން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ ބިދޭސީން ވަނީ އެ އިދާރީ ބެލުމުގެ ދަށަށް ގެނެސްފަ އެވެ. އަދި ޑީޕޯޓޭޝަން ސެންޓަރުގައި ތިބި ފަރާތްތައް އަނބުރާ ގައުމަށް ފޮވުވާލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާތާ އެތައް އަހަރެއްވީ ބިދޭސީން ހޯދައި އެފަރާތަކަށް އަމާޒުކޮށް އިމިގްރޭޝަނުން ދަނީ ހާއްސަ މަސައްކަތެއް ކުރަމުންނެވެ.