ENGLISH
26 ފެބްރުއަރީ 2026
އަނިޔާވި ވެމްކޯ މުވައްޒަފުގެ ބޭސްފަރުވާގެ ހުރިހާ ކަމެއް ހަމަޖައްސާނީ ކުންފުނިން
26 ފެބްރުއަރީ 2026
|
ފޮޓޯ: ސޯޝަލް މީޑިއާ
އެންމެ މަޤްބޫލު
މި މަހު 22 ވަނަ ދުވަހުގެ ރޭ މާލެ ވޭސްޓް ޓްރާންސްފާ ސްޓޭޝަނުގައި ހިންގައިދިޔަ ހާދިސާގައި އަނިޔާވި މުވައްޒަފުގެ ބޭސްފަރުވާގެ ހުރިހާ ކަމެއް ހަމަ ޖައްސާނީ ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އަނިޔާވި މީހާއަށް ފަރުވާދެމުންދަނީ އައިޖީއެމްއެޗްގަ އެވެ.
ވެމްކޯ އިން ބުނި ގޮތުގައި މިހާރު އޭނާ ވަނީ ވެންޓިލޭޓަރުން ނަގާފަ އެވެ. އަދި މިހާރު ފަރުވާދެމުންދަނީ އެޗްޑީޔޫގަ އެވެ.
އަނިޔާވި މީހާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ އިރު، އެމީހާއަށް ބޭނުންވާ ހުރިހާ ކަމެއް އާއިލާއާ ގުޅިގެން ކުންފުނިން ދަނީ ކުރަމުން ކަމަށްވެސް ބުންޏެވެ.
އޭނާގެ ފަރުވާ ކުރިއަށްދާއިރު، ކުންފުނީގެ އެޗްއާރު އަދި ވެލެފެއާ ޑީޕާޓްމެންޓްގެ މުވައްޒަފެއް އަބަދުވެސް އާއިލާއާއެކު ހޮސްޕިޓަލްގައި 24 ގަޑިއިރު ހަރަކާތްތެރި ވަމުންދާ ކަމަށްވެސް ކުންފުނިން ބުނެ އެވެ.
މީގެ އިތުރުން މުވައްޒަފުގެ ބޭސްފަރުވާގެ ހުރިހާ ކަމެއް ހަމަ ޖައްސާނީ ކުންފުނިން ކަމަށް ވެސް ވަނީ ބުނެފައެެވެ.
ފުލުހުން ބުނި ގޮތުގައި މި ހާދިސާއާ ގުޅިގެން ދަނީ ތަހުގީގެއް ހިންގަމުންނެވެ.