ENGLISH
26 ފެބްރުއަރީ 2026
ވިސްނުމަކީ ބޮޑު ދެ އިންތިހާބު އެއް ދުވަހެއް ބޭއްވުމަށްފަހު، މެދު ތެރެއިން އިންތިހާބެއްގެ ފުރުސަތު ރައްޔިތުންނަަށް ދިނުން: ޝުޖާ
26 ފެބްރުއަރީ 2026
|
ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ރައީސް ޑރ.މުއިއްޒުގެ އަރިހުގައި
އެންމެ މަޤްބޫލު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގަައި ބޭއްވުމަށް ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އިން ގެންގުޅޭ ވިސްނުމުގެ މައިގަނޑު އަސާސަކީ އެއް ދުވަހެއްގައި ދެ އިންތިހާބު ބޭއްވުމާއެކު ދައުރުގެ މެދު ތެރެއިން އިތުރު އިންތިހާބެއްގެ ފުރުސަތު ރައްޔިތުންނަށް ދިނުން ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާ ވިދާޅުވެއްޖެއެވެ.
މެދު ހެންވޭރު ދާއިރާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ބައިވެރިވެވަޑައިގަތުމާއެކު ކުރިއަށްގެންދިޔަ "ދޮރުން ދޮރަށް" ހަރަކާތުގެ ތެރެއިން އެ ސަރަހައްދުގައި ހުންނަވައި އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި މެންބަރު ވިދާޅުވީ ގާނޫނުއަސާސީގައި ދެ އިންތިހާބު ވަކި ދެ ދުވަހެއްގައި ބާއްވަން ބާރުއަޅާފައި އޮންނަ ކަމަށް އިދިކޮޅު އެމްޑީޕީން ދައްކާ ވާހަކައަކީ ހަގީގަތެއް ނޫން ކަމަށެވެ.
އަދި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ރިޔާސީ އިންތިހާބުގެ ވޯޓުލުން އޮންނަ ދުވަހު، އެ އިންތިހާބުގެ ވޯޓު ކަރުދާހާއެކު މަޖިލިސް އިންތިހާބުގެ ވޯޓު ކަރުދާސް ލިބޭނެކަން ފާހަގަކުރައްވަމުން ޝުޖާ ވިދާޅުވީ އަދި ވެރިކަމުގެ ދައުރުގެ މެދު ތެރެއިން އިތުރު އިންތިހާބެއްގެ ފުރުސަތު ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ. އެއީ ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބެވެ.
ޝުޖާ އިތުރަށް ވިދާޅުވީ މިގޮތަށް އިންތިހާބު ބޭއްވުމުން ރިޔާސީ އިންތިހާބުގައި ޕާޓީތަކުން ހުށަހަޅާ މެނިފެސްޓޯތަކަށް ބަލައިގެން ވޯޓުލުމުގެ ފުރުސަތު ލިބޭ ކަމަށެވެ. އަދި ވެރިކަމުގައި ތިބޭ ޕާޓީއަކަށް މެނިފެސްޓޯއިން ހާސިލުވި މިންވަރު ވަޒަންކުރުމަށްފަހު ރައްޔިތުންނަށް އެ ޕާޓީއަކާމެދު ގޮތެއް ނިންމޭނެ ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.
އަދި ދެ އިންތިހާބު އެކީގައި ބޭއްވުމާއި ވަކިން ބޭއްވުމުގެ ބަހުސަކީ ރާއްޖޭގެ އައު ގާނޫނުއަސާސީ އެކުލަވައިލެވެމުން އައި މަރުހަލާގައި ކުރެވިފައި އޮތް ބަހުސެއް ނޫންކަން ފާހަގަކުރައްވަމުން ޝުޖާ ވިދާޅުވީ، ގާނޫނުއަސާަސީގައި ދެ އިންތިހާބު ވަކިން އޮތީ ވަކި މަަގުސަދެއް ހާސިލުކުރުމުގެ ބޭނުމުގައި ކަމަށް އެމްޑީޕީން ފަތުރަމުންދާ ވާހަކައަކީ އޭގައި އެއްވެސް އަސްލެއް ނެތް ހުރާފީ ވާހަކައެއް ކަމަށެވެ.
އަދި އެމްޑީޕީގެ ފަރާތުން ކުރިން ވަކާލާތުކުރީ ތިން އިންތިހާބު އެއް ދުވަހު ބާއްވައި، ވެރިކަމުގެ ދައުރުގެ ތެރޭގައި އިތުރު ވޯޓެއް ނުނަގާ ގޮތަށް އިންތިޒާމުތައް ބަަދަލުކުރަންކަން ފާހަގަކުރައްވައި ޝުޖާ ވިދާޅުވީ ބޮޑު ދެ އިންތިހާބު އެއް ދުވަހެއްގަައި ބާއްވާފައި ރިޔާސީ ދައުރުގެ މެދު ތެރެއިން ކައުންސިލު އިންތިހާބަށް ފުރުސަތު ދިނުމުން ސަރުކާރާމެދު ބަސް ބުނުމުގެ ބާރު އޮންނާނެ ކަމަށެވެ.
ޝުޖާ ވިދާޅުވި ގޮތުގައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ އެކަމާމެދު ކަންބޮޑުވެގެން އެމްޑީޕީން ކޯޓަށް ދާންޖެހޭ ވަރު ކަމެއް ނޫން ކަމަށެވެ. އެ މައްސަލައާއެކު ކޯޓަށް ދިއުމުން ފެންނަނީ ބަލި ގަބޫލުކޮށްފަައިވާކަން ކަމަަށެވެ. އަދި އެމްޑީޕީން ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭ ގޮތުން ދައްކަމުންދާ ހުރިހާ ވާހަކައަކީވެސް އެއްވެސް ބުރަދަނެއް ހުރި ކަންތައްތަކެއް ކަމުގައި ޝުޖާ ވިދާޅުވިއެވެ.