ENGLISH

26 ފެބްރުއަރީ 2026

Advertisement

މާލޭގައި ރޭ ދަންވަރު ހިނގި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ

25 ފެބްރުއަރީ 2026

|

ޢަލީ ޝަހީމް

މާލޭގައި މީގެކުރިން ހިނގި އެކްސިޑެންޓެއްގައި ފުލުހުން ހަރަކާތްތެރިވަނީ. ރޭ ދަންވަރު ހިނގި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ވަނީ ނިޔާވެފަ.

މާލޭގެ ބޮޑުތަކުރުފާނު މަގުގެ ބްރިޖް ލައިޓް ކައިރީ ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެއެވެ. 

ފުލުހުން ބުނީ، އެކްސިޑެންޓް އެ ޚިދުމަތަށް ރިޕޯޓްކުރީ ރޭ ދަންވަރު 1:39 ގައި ކަމަށެވެ. 

މީޑިއާތަކާ ހިއްސާކުރި މައުލޫމާތުގައި ފުލުހުން ބުނީ، ނުރައްކާތެރި އެކްސިޑެންޓް ހިނގިއިރު ސައިކަލު ދުއްވަން އިނީ 19 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާގެ އަތުގައި ސައިކަލް ދުއްވުމުގެ ލައިސަންސް ނެތްކަމަށް ފުލުހުން ބުނެފައިވެއެވެ. 

އެކްސިޑެންޓް ހިނގީ ބްރިޖް ލައިޓް ކައިރިން ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ކޮންޓްރޯލް ނުވެގެންނެވެ.

ނިޔާވި 16 އަހަރުގެ ފިރިހެން ކުއްޖާ އިނީ ސައިކަލުގެ ފަހަތުގައެވެ. ކުއްޖާ މަރުވީ އިތުރު ފަރުވާއަށް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށެވެ. 

މަގުމަތީގެ އެކްސިޑެންޓްތައް ގިނަވެފައިވާއިރު، ފުލުހުން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުގައި ވާގޮތުން، މިދިޔަ ހަފްތާ އެކަނިވެސް މާލޭގައި 38 އެކްސިޑެންޓް ވަނީ ހިނގައިފައެވެ. 

ކިޔުންތެރިންގެ ހިޔާލު