ENGLISH

26 ފެބްރުއަރީ 2026

Advertisement

ޑެންމާކަށް ކަނޑައަޅާފައިވާ ސަފީރު ޤީލާ, އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

25 ފެބްރުއަރީ 2026

|

އަޙުމަދު ޙަމީދު

ޑެންމާކަށް ކަނޑައަޅާފައިވާ ސަފީރު ޤީލާ, އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އެރުުވުން --

ރާއްޖެ އިން ޑެންމާކްއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު ޤީލާ ޢަލީ އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ޑެންމާކްގެ ރަސްގެފާނު ފްރެޑެރިކް ދިހަވަނަ އަށް އަރުވައިފި އެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ކޯޕަންހޭގަންގައި ހުންނަ ކްރިސްޓިއަންސްބޯގް ޕެލަސްގަ އެވެ.

ފަތްކޮޅުއެރުވުމުގެ ރަސްމިއްޔާތަށްފަހު، ރަސްގެފާނުގެ އަރިހަށް ކުރެއްވި އިޙުތިރާމްގެ ޒިޔާރަތުގައި ސަފީރު ޤީލާ އަލީ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ޑެންމާކްގެ ރަސްގެފާނަށް ތަހުނިޔާ އާއި ހެޔޮއެދުން އަރިސްކުރައްވާފަ އެވެ. އަދި ދިވެހިރާއްޖެ އާއި ޑެންމާކް އާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރަމުންގެންދާނެ ކަމުގެ ޔަގީންކަން އެކަމަނާ އެރުވި އެވެ. 

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި، ސަފީރު ޤީލާ އަރިހުގައި އެކަމަނާގެ ފިރިކަލުން އަބްދުﷲ މުޝްރިފް އަދި ބެލްޖިއަމްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ސެކަންޑް ސެކްރެޓަރީ، ޙަސަން ނަވާފު ބައިވެރިވެވަޑައިގަތެވެ.

ކިޔުންތެރިންގެ ހިޔާލު