ENGLISH

26 ފެބްރުއަރީ 2026

Advertisement

ރައީސް ބައިވެރިވެވަޑައިގަންނަވާ ކޮންގްރެސްގެ ޚާއްސަ ތަރާވީސް މާދާމާ ރޭ، ހުރިހާ މެންބަރުންނަށް ދަޢުވަތު

25 ފެބްރުއަރީ 2026

|

އަޙުމަދު ޙަމީދު

ކޮންގްރެސް ޕާޓީން އެންމެ ފަހުން ބޭއްވި ބިޔަ ޖަލްސާ -- ފައިލް ފޮޓޯ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ ކޮންގްރެސް ޕާޓީގެ ޚާއްސަ ތަރާވީސް މާދާމާ ރޭ ބޭއްވުމަށް ހަމަޖައްސާ ހުރިހާ މެންބަރުންނަށް ދަޢުވަތު ދީފި އެވެ.

ކޮންގްރެސް ޕާޓީން ބުނީ އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ ވަރަށް ޚާއްސަ ތަރާވީހެއް މާދަމާރޭ އާޓިފިޝަލް ބީޗުގައި އޮންނާނެ ކަމަށެވެ. ތަރާވީސް އޮންނާނީ މާދަމާ ރޭ 9:30 ގަ އެވެ.

އެ ޕާޓީން ވަނީ ހުރިހާ މެންބަރުންނަށް އަދި އެ ޕާޓީއަށް ތާޢީދު ކުރާ ހުރިހާ ރައްޔިތުންނަށް މި ތަރާވީހަށް ދަޢުވަތު ދީފަ އެވެ.

ކޮންގްރެސް ޕާޓީން ދަނީ އެ ޕާޓީގެ ހަރަކާތްތައް ފުޅާކޮށް އިތުރަށް ވަރުގަދަ ކުރަމުންނެވެ. ޚާއްސަކޮށް މެންބަރުންނާއި އޮންނަ ގުޅުން ބަދަހި ކުރުމަށް ޚާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރެ އެވެ.

ކިޔުންތެރިންގެ ހިޔާލު