ENGLISH

24 ފެބްރުއަރީ 2026

Advertisement

ޔުނީފޯމްއެޅި މުއައްސަސާތަކުގައި އަންހެން މުވައްޒަފުން މަސައްކަތް ކުރަނީ ޒިންމާދާރުކަމާއެކީގަ: ކޮމިޝަނަރު

24 ފެބްރުއަރީ 2026

|

އަޙުމަދު ޙަމީދު

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާޠިމަތު ދިޔާނާ

ޔުނީފޯމްއެޅި މުއައްސަސާތަކުގައި އަންހެން މުވައްޒަފުން މަސައްކަތް ކުރަނީ ގޮންޖެހުން ބޮޑު އެހެންނަމަވެސް ޒިންމާދާރު ކަމާއެކީ ގައި ކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާޠިމަތު ދިޔާނާ ވިދާޅުވެއްޖެ އެވެ.

ދިޔާނާ މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި ދިފާއީ ހިދުމަތުގެ ދާއިރާގައި މަސައްކަތްކުރާ އަންހެން މުވައްޒަފުން ބާރުވެރިކުރުމަށާއި، އަންހެން މުވައްޒަފުންގެ ލީޑަރޝިޕް ގާބިލުކަން އިތުރުކުރުމަށް ހަރަކާތްތެރިވާނެ މުވައްޒަފުން މެންޓަރސްގެ ގޮތުގައި ބިނާކުރުމަށް ކުރިއަށް ގެންދިޔަ "ޓްރެއިނިންގ ފޯ ވިމެން މެންޓަރސް" ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކައިގަ އެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ވަނީ ޤާނޫން ތަންފީޒުކުރާ، ޔުނީފޯމްއެޅި މުއައްސަސާތަކައް ބަލާއިރު އަންހެން މުވައްޒަފުން، މުޖުތަމައުގައި ކުށްކުރުން ހުއްޓުވުމަށް ކުރާ މަސައްކަތުން ފެށިގެން ގޮސް ޓްރެފިކް ބެލެހެއްޓުމަށާއި ބޯޑަރުގައި މުދާ ބަލައި ފާސްކުރުމުގައި އަންހެން މުވައްޒަފުން ހަރަކާތްތެރިވާކަން ފާހަގަކުރައްވާފަ އެވެ.

މީގެ އިތުރަށް ރާއްޖެ އަންނަ ފަސިންޖަރުންގެ ކަންކަން ބެލެހެއްޓުމާއި، ޖަލުތަކުގައި ގައިދީންނާ ގުޅުންހުރި ކަންކަން ބެލެހެއްޓުން ފަދަ މުޖުތަމައުއަށް ބޭނުންތެރި އަދި ގޮންޖެހުންތައް ގިނަ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އަންހެން މުވައްޒަފުން ހަރަކާތްތެރިވަނީ ޒިންމާދާރުކަމާއެކުގައި ކަމަށް ދިޔާނާ ވިދާޅުވި އެވެ.

"މިފަދަ ތަމްރީންތަކުގެ ޒަރިއްޔާއިން މުއައްސަސާތަކުގައި އަންހެން ލީޑަރުން އުފެދޭ މިންވަރު އިތުރުވެ، ގާނޫނު ތަންފީޒުކުރުމާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އަންހެނުންނަށް ދިމާވާ ގޮންޖެހުން ތަކާ ކުރިމަތިލުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި އަންހެން އޮފިސަރުންނަށް ހާއްސަކުރެވިގެން މިފަދަ ގިނަ ތަމްރީން ޕްރޮގްރާމްތައް ހިންގުމަކީ މުހިންމު ކަމެއް. ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް," 

މިމަހުގެ 8 އިން 12 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި، މޯލްޑިވްސް އިމިގްރޭޝަނާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަދި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ އަންހެން މުވައްޒަފުން ހިމެނޭހެން 24 މުވައްޒަފުން ބައިވެރިވި އެވެ.

ކިޔުންތެރިންގެ ހިޔާލު