ENGLISH
26 ނޮވެމްބަރު 2024
"ހުސްވީމަ ހުސްވީ" އެސްޓީއޯގެ ގޯޑައުން ސޭލް ފަށައިފި
02 ނޮވެމްބަރު 2024
|
އެސްޓީއޯގެ ގޯޑައުން ސޭލުން ތަކެތި ގަންނަން މީހުން ޖަމާވެފައި: ފޮޓޯ:އެމްއެމް.އެމްވީ
އެންމެ މަޤްބޫލު
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ގޯޑައުން ސޭލް "ހުސްވީމަ ހުސްވީ"ގެ ނަމުގައި އިއްޔެ ފަށައިފި އެވެ.
ސަރުކާރުގެ މައި ވިޔަފާރި ކުންފުނީގެ ހެޑް އޮފީހުގެ ގޯތި ތެރޭގައި ނޮވެމްބަރު 1-4 އަށް ކުރިއަށްދާ ސޭލްގައި ވަނީ ބަދިގޭ ސާމާނާއި ހިޓާޗީ ޓީވީ އަދި މަކިޓާ ބްރޭންޑުގެ ޓޫލްސް އާއި ނިޕޮން ދަވާދު ފަދަ ބާވަތްތަކުގެ އަގު ވަރަށް ބޮޑަށް ހެޔޮކޮށްފަ އެވެ. ބައެއް އައިޓަމްތަކުން 80 ޕަސެންޓާ ހަމައަށް ވެސް ޑިސްކައުންޓް ދެ އެވެ.
ކޮންމެ ދުވަހަކު ހަވީރު 4-6 އިން އަދި ރޭގަނޑު 8-11 އަށް ކުރިއަށްދާ މި ސޭލްގައި އައިޓަމްތަކުން 500ރ. އިން މަތީ ވިޔަފާރި ކުރާ ކޮންމެ ފަރާތަކަށް ވެސް ކޫޕަނެއް ލިބެ އެވެ. މި ކޫޕަންތަކުން ގުރުއަތުން ހޮވޭ ފަރާތަކަށް ވަރަށް ޚާއްސަ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
އެސްޓީއޯ ރާއްޖެ އަށް ބޭނުންވާ އެންމެ ގިނަ މުދާ އެތެރެކުރާ އެންމެ ބޮޑު ކުންފުންޏެވެ.