ENGLISH
27 ޖުލައި 2026
މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް
27 ޖުލައި 2026
|
މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ކުރިއަށްގެންދިޔަ ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައްލަވާލައްވައިފި.
މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އަދި ދައުވަތުދެއްވައިގެން ރާއްޖެ ވަޑައިގެންނެވި ބޭފުޅުން ޖުމްހޫރީ މައިދާނަށް ވަޑައިގަތުން. ފޮޓޯ: ރައީސް އޮފީސް
މި ހަރަކާތް ޖުމްހޫރީ މައިދާނުގައި ކުރިއަށްގެންދިޔައީ 26 ޖުލައި 2026 ވަނަ ދުވަހުގެ ރޭ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްލަވާލެއްވުން. ފޮޓޯ: ރައީސް އޮފީސް
ސަޢޫދީ ޢަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު، ހިޒް ރޯޔަލް ހައިނަސް، ޕްރިންސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދުގެ ފަރާތްޕުޅުން، މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް، އަދި ސަޢޫދީ ޢަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުގެ މެންބަރު، ހިޒް ރޯޔަލް ހައިނަސް، ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު.
މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްލަވާލެއްވުން. ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޖުމްހޫރީ މައިދާނަށް ވަޑައިގަތުމުން، އެ ދެކަނބަލުންނާ އިސްތިޤްބާލުކުރެއްވީ، މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދާއި، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސަސް ޙަސަން ރަޝީދާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް
އަދި ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާނު، ހިޒް ރޯޔަލް ހައިނަސް، ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު، ޢިއްޒުއްދީން ފާލަމަށް ފައިބާވަޑައިގަތުމުން، އެމަނިކުފާނަށް އިސްތިޤުބާލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން.
ހަރަކާތުގައި ބައިވެރިކުދިން ރައީސުލްޖުމްހޫރިއްޔާއާއެކު. ފޮޓޯ: ރައީސް އޮފީސް
ހަރަކާތްތައް ރަސްމީ ގޮތުން ފެއްޓުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ އަށް ވަނީ ރިޔާސީ ކުރުނީހެއް އަރުވާފައެވެ. އަދި އެއާއެކު ވަނީ 21 ބަޑީގެ ސަލާމެއް އަރުވާފަ.
ހަރަކާތުގައި ބައިވެރިކުދިން ރައީސުލްޖުމްހޫރިއްޔާއާއެކު. ފޮޓޯ: ރައީސް އޮފީސް
އެއަށްފަހު، ސިފައިންގެ ހެވިކަމުގެ ލަޝްކަރުގެ ޝަރަފުގެ ހިނގާލުމުގައްޔާއި، 15 ސްކޫލެއްގެ ދަރިވަރުންގެ މައްޗަށް އެކުލަވާލެވިފައިވާ ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓް ކޯގެ ޝަރަފުގެ ހިނގާލުމުގައިވެސް ރައީސުލްޖުމްހޫރިއްޔާއަށް ރިޔާސީ ކުރުނީހެއް އެރުވި.
މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް
ސްކޫލް ދަރިވަރުންގެ ހަރަކާތުގައި، ޝަހީދު ޢަލީ ސްކޫލް، ރެހެންދި ސްކޫލް އަދި އިސްކަންދަރު ސްކޫލްގެ ދަރިވަރުން ބައިވެރިވެފައިވޭ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް
މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް
މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް
މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް
މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް
މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް
މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް
މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް
މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް
އެއަށްފަހު، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް)ގެ ހަރަކާތަކާއި، ހޭވައްލާ ގުރޫޕުގެ ޘަޤާފީ ހަރަކާތެއް ވަނީ ހުށައަޅައިދީފަ.
މައިދާނީ ކުޅިވަރުތައް ނިންމާލާފައިވަނީ، ހަވާ އެރުވުމުގެ ކުލަގަދަ ހަރަކާތުން.
މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތް ނިންމާލުމުގެ ގޮތުން ހަވާ އަރުވަނީ. ފޮޓޯ: ރައީސް އޮފީސް