ENGLISH
27 ޖުލައި 2026
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ
27 ޖުލައި 2026
|
ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ރައީސުލްޖުމްހޫރިއްޔާ ޝަރަފްވެރިކޮށްދެއްވުން. ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައިފި.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފްވެރިކޮށްދެއްވުން. ފޮޓޯ: ރައީސް އޮފީސް
ޒުވާނުންގެ މަރުކަޒުގެ ހޯލުގައި 26 ޖުލައި 2026 ވަނަ ދުވަހު ބޭއްވެވި މި ޖަލްސާގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ބައިވެރިވެވަޑައިގެންނެވި.
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް
މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހި ޤައުމާ މުޚާޠަބުކުރައްވާފަ.
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް
ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަށް ވަނީ، ފަތްތޫރަ މަޖައްލާގެ ޚާއްޞަ އަދަދެއްވެސް ހަދިޔާކުރައްވާފަ.
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާއަށް ފަތްތޫރަ މަޖައްލާގެ ޚާއްޞަ އަދަދެއް ހަދިޔާކުރައްވަނީ. ފޮޓޯ: ރައީސް އޮފީސް
ޖަލްސާގައި ވަނީ، ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް ލިބިވަޑައިގެންނެވި 4 ބޭފުޅަކަށް އެ ޢިއްޒަތް އަރުވާފަ.
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.)، ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު މޫސާއަށް އެރުވުން. ފޮޓޯ: ރައީސް އޮފީސް
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.)، ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތުގެ ވެރިޔާ ޙުސައިން ޢަފީފަށް އެރުވުން. ފޮޓޯ: ރައީސް އޮފީސް
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.)، އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަށް އެރުވުން. ފޮޓޯ: ރައީސް އޮފީސް
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.)، ޑޮކްޓަރ މުޙައްމަދު ލަޠީފަށް އެރުވުން. ފޮޓޯ: ރައީސް އޮފީސް
ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގެންނެވި 66 ބޭފުޅަކަށް ޝަރަފުގެ ބެޖާއި، ޝަރަފުގެ އައްޑަނަވެސް ޖަލްސާގައި ދެއްވާފައިވޭ.
ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް
މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޢަބްދުއްރަހީމް ޢަބްދުﷲ އާއި އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު އާއި ވަޒީރުންނާއި ދައުލަތުގެ އިސްވެރިންނާއި، ބޭރު ޤައުމުތަކުގެ ސަފީރުންނާއި ޢިއްޒަތްތެރިން ބައިވެރިވެވަޑައިގަތް.