ENGLISH
27 ޖުލައި 2026
ބީޑަބްލިއުއެފް ފިލިޕީންސް ޖޫނިއާ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ކުޅުންތެރިން ފުރައިފި
27 ޖުލައި 2026
|
އެންމެ މަޤްބޫލު
ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އާއި ބެޑްމިންޓަން އޭޝިއާ ގުޅިގެން ކުރިއަށްގެންދާ "ފިލިޕީންސް ޖޫނިއާ އިންޓަރނޭޝަނަލް ސީރީޒް 2026" ގައި ވާދަކުރާ ރާއްޖޭގެ ޒުވާން ކުޅުންތެރިން މިއަދު ފުރައިފިއެވެ.
އަންނަ އޮގަސްޓް މަހުގެ 4 އިން 9 ގެ ނިޔަލަށް ފިލިޕީންސްގައި ބާއްވާ މުބާރާތުގެ 15 އާއި 19 އަހަރުން ދަށުގެ އުމުރުފުރައިގައި ރާއްޖޭން ފަސް ކުޅުންތެރިއަކު ވާދަކުރާނެއެވެ.
ފިލިޕީންސްގެ މެނީލާގައި ހުންނަ ގޭމްވިލް ސެންޓްރަލް ޕާކްގައި ކުރިއަށްދާ މުބާރާތުގައި ރާއްޖޭގެ ކުޅުންތެރިން ވާދަކުރާނީ މި ދެ އުމުރުފުރައިން ސިންގަލްސް، ޑަބަލްސް އަދި މިކްސްޑް ޑަބަލްސް އިވެންޓުގައެވެ.
މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޒުވާން ކުޅުންތެރިންނަކީ؛ ލައިބާ އަހްމަދު މަހުލޫފު، ޔަލްވީ ހުސެއިން ޒުހުރީ، އަހްމަދު ފަލާހު ފަރޫޒާން، އިޒްޔާން އަހްމަދު ސައީދު އަދި ރިޝާމް އަބްދުލް ފައްތާހު އެވެ.
މުބާރާތް ފެށުމުގެ ކުރިން ރާއްޖޭގެ ކުޅުންތެރިން ފިލިޕީންސްގައި ހަތް ދުވަހު ތަމްރީން ކުރާނެއެވެ.
މި މުބާރާތުގައި އޭޝިއާގެ އެންމެ މަތީ ލެވެލްގައި ރޭންކްކޮށްފައިވާ ޖޫނިއާ ކުޅުންތެރިން ވާދަކުރުމަށް ހަމަޖެހިފައިވާއިރު، ބެޑްމިންޓަންގެ ދުނިޔޭގައި އެންމެ ފާހަގަކޮށްލެވޭ ޤައުމުތަކުން ވަނީ ބައިވެރިވެފައެވެ.