ENGLISH
24 ފެބްރުއަރީ 2026
ތަކުރާރުކޮށް ދީނަށް ފުރައްސާރަކުރަމުންދިޔަ މީހާ ފުލުހަށް ހާޒިރުވާން އަންގައިފި
24 ފެބްރުއަރީ 2026
|
ދީނަށް ފުރައްސާރަ ކުރަމުންދާ މީހާ --
އެންމެ މަޤްބޫލު
ސޯޝަލް މީޑިއާގެ އެކި ޕްލެޓް ފޯމްތަކުގައި އިސްލާމް ދީނަށް ތައުހީނުކޮށް، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަމަށް ބުރޫއަރާފަދަ ވާހަކަ ދެއްކުމާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ނައްތާލުމަށް ގޮވާލައި ވާހަކަ ދެއްކި މީހާ ފުލުހަށް ހާޒިރުވާން އަންގައި އާންމު އިއުލާނެއް ކޮށްފި އެވެ.
ފުލުހުން މިއަދު ވަނީ އެ މީހާގެ ވަނަވަރާއި ފޮޓޯ އާންމުކޮށް ފުލުހަށް ހާޒިރުވާން އަންގާފަ އެވެ. ދީނަށް ފުރައްސާރަކޮށް ހުތުރު ވާހަކަތައް ދައްކަމުން ދަނީ ހ. ފިލިކުރިގެ, އަޙްމަދު ޢާމިރު (51އ) އެވެ.
ފުލުހުން ބުނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓް ފޯމްތަކުގައި އިސްލާމް ދީނަށް ތައުހީނުކޮށް، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަމަށް ބުރޫއަރާފަދަ ވާހަކަ ދެއްކުމާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ނައްތާލުމަށް ގޮވާލައި ވާހަކަ ދައްކާފައިވާ މައްސަލައާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް އާމިރު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ.
އެހެން ކަމުން ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ. އޭނާއަށް ފުލުހަށް ހާޒިރުވާން އަންގާފައިވަީ މާރޗް މަހުގެ 10 ވަނަ ދުވަހު އެވެ.
މި މީހާ އިސްލާމްދީނާއި އެ ދީނުގެ ބައެއް ޝިއާރުތަކާއި ދީނުގެ ޙުކުމްތަކަށް ގޮންޖަހާ ވާހަކަ ދައްކާތާ އެތައް ދުވަހެއް ވެއްޖެ އެވެ. އަދި މި ފަހުން އޭނާ ގެންދަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ނައްތާލުމަށާއި ޚިތާނު ކުރުން ފަދަ ކަންކަމާއި ދެކޮޅަށްވެސް ވާހަކަ ދައްކަމުންނެވެ.
އޭނާ އެ ވާހަކަތައް ދައްކަމުން ދަނީ ރާއްޖެއިން ބޭރުގައި ހުރެގެންނެވެ.