ENGLISH

24 ފެބްރުއަރީ 2026

Advertisement

ހެންވޭރު ހުޅަނގު ދާއިރާގެ ކެންޑިޑޭޓުންގެ، ދޮރުން ދޮރަށް ހަރަކާތުގައި ރައީސް ބައިވެރިވަޑައިގެންނެވުން

24 ފެބްރުއަރީ 2026

|

ޢަލީ ޝަހީމް

ހެންވޭރު ހުޅަނގު ދާއިރާގެ ކެންޑިޑޭޓުންގެ، ދޮރުން ދޮރަށް ހަރަކާތުގައި ރައީސް ބައިވެރިވަޑައިގެންނެވުން. ފޮޓޯ: ޕީއެންސީ

ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގެ ކެމްޕެއިންގައި ހެންވޭރު ހުޅަނގު ދާއިރާގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީން ކުރިއަށްގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ. 

ހެންވޭރު ހުޅަނގުގެ ދޮރުން ދޮރަށް ހަރަކާތް ކުރިއަށްގެންދިޔައީ ފެބްރުވަރީ 23 ވަނަ ދުވަހުގެ މެންދުރު ފަހެވެ. 

ހެންވޭރު ހުޅަނގު ދާއިރާގެ ކެންޑިޑޭޓުންގެ، ދޮރުން ދޮރަށް ހަރަކާތުގައި ރައީސް ބައިވެރިވަޑައިގެންނެވުން. ފޮޓޯ: ޕީއެންސީ

މި ހަރަކާތުގައި ބައިވެރިވެވަޑައިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހެންވޭރު ހުޅަނގު ސަރަހައްދުގެ ބައެއް ގެތަކަށް ޒިޔާރަތްކުރައްވައި ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވައި ހާލު ބައްލަވައިލައްވާފައެވެ. 

ލޯކަލް ކައުންސިލު އިންތިހާބުގައި ޕީއެންސީގެ ފަރާތުން މާލެ ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑިތަކަށް އެކި ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންނާއެކު އެ ދާއިރާތަަކަށް ރައީސް ކުރައްވަމުންދާ ސިލްސިލާ ޒިޔާރަތުގައި އެ ދާއިރާތަކުގެ ރައްޔިތުންގެ ފަރާތުން އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔަމުންދެއެވެ. 

ހެންވޭރު ހުޅަނގު ދާއިރާގެ ކެންޑިޑޭޓުންގެ، ދޮރުން ދޮރަށް ހަރަކާތުގައި ރައީސް ބައިވެރިވަޑައިގެންނެވުން. ފޮޓޯ: ޕީއެންސީ

އެގޮތުން ހެންވޭރު ހުޅަނގަށް ވަޑައިގަތުމުން އެ ދާއިރާގެ ވަރަށް ގިނަ ރައްޔިތުން އެމަނިކުފާނާ މަގުމަތިން ބައްދަލުކޮށް ސަލާންކޮށް، ކަންބޮޑުވުންތަކާއި ހިޔާލުތައް އެމަނިކުފާނާ ހިއްސާކުރިއެވެ. އެމަނިކުފާނުގެ މި ޒިޔާރަތްތަކުގައި ބައްދަލުވެވަޑައިގަންނަވާ ކޮންމެ ބޭފުޅަކާއެކު ވަގުތު ހޭދަކުރައްވައި އެ ބޭފުޅެއްގެ ކަންބޮޑުވުންތައް އަޑުއައްސަވައެވެ. 

ރައީސް މި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން ރައްޔިތުންނާ ގާތުން އެ ރައްޔިތުންގެ ހާލުކޮޅު ބައްލަވައި ކޮންގްރެސްގެ ކެންޑިޑޭޓުންނަަށް ކެމްޕެއިން ކުރައްވަމުންދާއިރު، އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ ވަޒީރުންނާއި ދައުލަތުގެ ކުންފުނިތަކުގެ ވެރިންނާއި، ކޮންގްރެސް ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް މެންބަރުންވެސް ބައިވެރިވެވަޑައިގަންނަވައެވެ. 

ކިޔުންތެރިންގެ ހިޔާލު