ENGLISH

24 ފެބްރުއަރީ 2026

Advertisement

‏ރައީސް، ކޮންގްރެސް ޕާޓީގެ މައްޗަންގޮޅި މެދު ދާއިރާގެ ކެންޑިޑޭޓުންގެ ދޮރުން ދޮރަށް ހަރަކާތުގައި ބައިވެރިވަޑައިގެންނެވުން

24 ފެބްރުއަރީ 2026

|

ޢަލީ ޝަހީމް

‏ރައީސް، ކޮންގްރެސް ޕާޓީގެ މައްޗަންގޮޅި މެދު ދާއިރާގެ ކެންޑިޑޭޓުންގެ ދޮރުން ދޮރަށް ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވުން. ފޮޓޯ: ޕީއެންސީ

މާލެ ސިޓީގެ މޭޔަރުކަމަށާއި މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި، މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލުގެ މެންބަރުކަމަށާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ވާދަކުރައްވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ކެންޑިޑޭޓުންނާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މައްޗަންގޮޅި ދެކުނު ދާއިރާގެ ކެމްޕެއިން ހަރަކާތުގައި ބައިވެރިވެވަޑައިގެންފިއެވެ. 

މި ހަރަކާތް ކުރިއަށްދިޔައީ ފެބްރުވަރީ 22 ވަނަ ދުވަހުގެ މެންދުރުފަހެވެ. ހަރަކާތް ފަށާފައިވަނީ ޗާންދަނީ މަގާއި މަޖީދީ މަގު ގުޅޭ ކަންމަތިންނެވެ. 

‏ރައީސް، ކޮންގްރެސް ޕާޓީގެ މައްޗަންގޮޅި މެދު ދާއިރާގެ ކެންޑިޑޭޓުންގެ ދޮރުން ދޮރަށް ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވުން. ފޮޓޯ: ޕީއެންސީ

ރައީސް ވަނީ މައްޗަންގޮޅި މެދު ދާއިރާއަށް ވަޑައިގެން އެ ސަރަހައްދުގެ ބައެއް ގޭގެއަށް ޒިޔާރަތްކުރައްވައި އާއިލާތަކާއެކު ވަގުތު ހޭދަކުރައްވާފައެވެ. އަދި ރައީސްވަނީ އެ ސަރަހައްދުގެ އެކި ރައްޔިތުންނާ ބައްދަލުކުރައްވައި އެ ބޭފުޅުންގެ ހާލަތު އަޮޅުންފިލުއްވައި، އެ ބޭފުޅުންގެ ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ. 

‏ރައީސް، ކޮންގްރެސް ޕާޓީގެ މައްޗަންގޮޅި މެދު ދާއިރާގެ ކެންޑިޑޭޓުންގެ ދޮރުން ދޮރަށް ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވުން. ފޮޓޯ: ޕީއެންސީ

ރައީސްގެ އަރިހުގައި ކޮންގްރެސް ޕާޓީގެ ފަރާތުން މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލާއި، އެ ޕާޓީގެ ފަރާތުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށް ވާދަކުރައްވާ އަލްއުސްތާޛާ އާޝިޔަތު އަލައިކާ އަދުނާން އަދި މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލަރުކަމަށާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓުން ބައިވެރިވެވަޑައިގެންފަައިވެއެވެ. 

‏ރައީސް، ކޮންގްރެސް ޕާޓީގެ މައްޗަންގޮޅި މެދު ދާއިރާގެ ކެންޑިޑޭޓުންގެ ދޮރުން ދޮރަށް ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވުން. ފޮޓޯ: ޕީއެންސީ

ރައީސް އެ ސަރަހައްދަށް ވަޑައިގަތުމާއެކު އާއްމުންގެ ގިނަ ބަޔަކުވަނީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ޖަމާވެފައެވެ. ރައީސްވަނީ އެ ސަރަހައްދަށް ޖަމާވެ ތިބި އާއްމުންނާ ސަލާންކުރައްވައި އެމީހުންގެ ހާލު އޮޅުންފިލުއްވައި ވާހަކަދެއްކެވެމުގައި ވަގުތު ހޭދަކުރައްވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު