ENGLISH

24 ފެބްރުއަރީ 2026

Advertisement

އިންތިހާބުތައް އެއްކޮށްލުމަށް ތާއީދުކުރުމަށްފަހު، މިހާރު އެމްޑީޕީން ދެކޮޅުހެދުމުން އިހުލާސްތެރިކަމާމެދު ސުވާލު އުފެދޭ: ޣައްސާން

24 ފެބްރުއަރީ 2026

|

ޝިފްޒާން އަޙްމަދު

ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މައުމޫން، ފޮޓޯ: ރައީސް އޮފީސް

އިންތިހާބުތައް އެއްކޮށްލަައި ވެރިކަމުގެ ދައުރުގެ ތެރޭގައި އިންތިހާބު ބާއްވާ މިންވަރު މަދުކުރުމަށް ކުރިން ތާއީދުކުރެއްވި ބޭފުޅުން އިދިކޮޅު އެމްޑީޕީގެ ލީޑާޝިޕުގައި ތިއްބަވައިމެ، މިހާރު ޕީއެންސީގެ ސަރުކާރުން އިންތިހާބުތައް އެއްކޮށްލުމަށް މަސައްކަަތްކުރަން ފެށުމުން އެކަމާ ދެކޮޅުހެދުމުން އިހުލާސްތެރިކަމާމެދު ސުވާލު އުފެދޭކަމަށް ކޮންގްރެސް ޕާޓީގެ ނައިބުލީޑަރު އަދި ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ. 

ކުރިއަށް އޮތް ލޯކަަލް ކައުންސިލު އިންތިހާބުގެ ކެމްޕެއިނުގައި މާލެ ސިޓީގެ ގަލޮޅު އުތުރު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އަރިހުގައި ބައިވެރިވެވަޑައިގެން، އެ ސަރަހައްދުގައި ހުންނަވަައި އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ޣައްސާން ވިދާޅުވީ އެމްޑީޕީން ކަންކުރަމުންދާ ގޮތަށް ބަލާއިރު ފެންނަމުންދަނީ ޕީއެންސީން ބަހެއް ބުނުމުން އެ ބަހާ އިދިކޮޅަށް އެއްޗެއް ބުނެލާ މަންޒަރު ކަމަށެވެ. 

ޣައްސާން އިތުރަށް ފާހަގަކުރެއްވީ އެމްޑީޕީގެ މުސްތަޝާރު އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުވެސް ވިދާޅުވެފައި އޮތީ ހުރިހާ އިންތިހާބުތައް އެއްކޮށްލުމަކީ އެކަމުން ރައްޔިތުންނަށް އެންމެ މަންފާވާނެ ގޮތްކަމަށް ކަމެވެ. 

"މިއަދު އެހެންނެއް ނޫން އެތިއްބެވީ. އެހެންވީމާ އަޅުގަނޑަކަށް އެހާ ސާފެއް ނޫން އެބޭފުޅުންގެ އިހުލާސްތެރިކަން އެހުރި ގޮތެއް.،" ޣައްސާން ވިދާޅުވިއެވެ. 

ޣައްސާނު ވިދާޅުވި ގޮތުގައި ރައްޔިތުންނަށްް ފައިދާ ބޮޑު ގޮތަކީ ދެ އިންތިހާބު އެއްކޮށްލުމެވެ. ދައުލަތަށް ހަރަދުކުޑަވުމާއި، ރައްޔިތުންނަށް ލުއިވުމުގެ އިތުރަށް ޑިމޮކްރެޓިކް ނިޒާމު ހަރުދަނާވެގެންދާނެ ކަމެއްގެ ގޮތުގައި ސިފަކުރައްވަމުން ޣައްސާން ވިދާޅުވީ ކޮންގްރެސްއިން އެ ބަދަލު ގެންނަން އުޅެނީ މި ފައިދާތައް އެކަމުން ރައްޔިތުންނަަށް ލިބޭނެތީ ކަމަށެވެ. 

ޣައްސާނުގެ އިތުރަށް ޕީއެންސީގެ ނައިބުރައީސް އަދި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމުވެސް ވިދާޅުވީ ވެރިކަމުގެ ދައުރުގެ ތެރޭގައި އިންތިހާބުތައް ގިނަވުމަކީ ސަރުކާރުތައް ރައްޔިތުންނަށް ހިދުމަތްކުރުމާ ދުރަށްދާ ކަމެއް ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު