ENGLISH

24 ފެބްރުއަރީ 2026

Advertisement

ކޮންގްރެސް ޕާޓީގެ ތިނަދޫ ސިޓީގެ މާލެ ކެމްޕެއިން އޮފީސް ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ހުޅުއްވައިދެއްވުން

24 ފެބްރުއަރީ 2026

|

ޢަލީ ޝަހީމް

ކޮންގްރެސް ޕާޓީގެ ތިނަދޫ ސިޓީގެ މާލެ ކެމްޕެއިން އޮފީސް ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ހުޅުއްވައިދެއްވުން. ފޮޓޯ: ޕީއެންސީ

ކުރިއަށް އޮތް ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ތިނަދޫ ސިޓީގެ ކައުންސިލާއި އަންހެނުންގެ ކޮމިޓީތަކަށް ވާދަކުރައްވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންގެ މާލޭ ކެމްޕެއިން އޮފީސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ހުޅުވައިދެއްވައިފިއެވެ.

ފެބްރުވަރީ 23 ވަނަ ދުވަހުގެ ރޭ މާލޭގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ އިތުރަށް ކޮންގްރެސް ޕާޓީގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެ ޕާޓީގެ ޓިކެޓުގައި ތިނަދޫ ސިޓީގެ މޭޔަރުކަމަށާއި ކައުންސިލުގެ މެންބަރުކަމަށް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓުން ބައިވެރިވެވަޑައިގެންފަައިވެއެވެ. 

ކޮންގްރެސް ޕާޓީގެ ފަރާތުން ތިނަދޫ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލައްވާ ކެންޑިޑޭޓް މުހައްމަދު އަޖީބް. ފޮޓޯ: ޕީއެންސީ

ކޮންގްރެސް ޕާޓީން އަންނަނީ ހަތަރެއް އޭޕްރީލުގައި ބާއްވަން ތާވަލުކޮށްފައި އޮތް އިންތިހާބަަށް ތައްޔާރުވުމުގެ ގޮތުން މާލެއާއި ސިޓީތަކާއި ހުރިހާ ރަށްރަށެއްގައި ގިނަގުނަ ހަރަކާތްތަކެއް ފޯރީގައި ހިންގަމުންނެވެ. އެގޮތުން މާލޭގެ ދާއިރާތަކާއި އެހެނިހެން ސިޓީތަކާއި ރަށްރަށުގައި އެ ޕާޓީގެ ޖަގަހަތައް ގާއިމުކޮށް އެތަންތަނުގައި ހަރަކާތްތައް ހިންގަމުންދެއެވެ. 

ކިޔުންތެރިންގެ ހިޔާލު