ENGLISH
24 ފެބްރުއަރީ 2026
މިދިޔަ ހަފްތާގައި މާލެ ސަރަޙައްދުގައި 41 އެކްސިޑެންޓް ރިޕޯޓްކޮށްފައިވޭ
24 ފެބްރުއަރީ 2026
|
ފުލުހުން މަގުމަތީ ހަރަކާތްތެރިވަނީ-- ފޮޓޯ: ފުލުހުންގެ އިދާރާ
އެންމެ މަޤްބޫލު
މިދިޔަ ހަފްތާގައި މާލެ ސަރަޙައްދުގައި 41 އެކްސިޑެޓް ރިޕޯޓްކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ، މި މަހުގެ 15 އިން 21 ދުވަހާ ހަމައަށް މާލޭ ސަރަޙައްދުގައި ރިޕޯޓްކޮށްފައިވާ އެކްސިޑެންޓުތަކުގެ ތަފާސް ސިސާބުތައް ސޯޝަލް މީޑިއާގައި އާއްމު ކޮށްފަ އެވެ. އެގޮތުން މާލެ، ބްރިޖް އަދި ހައިވޭގައި ހިގާފައިވަނީ ޖުމްލަ 41 އެކްސިޑެންޓެވެ. މީގެ ތެރެއިން އެންމެ ގިނަ އެކްސިޑެންޓް ހިނގާފައިވަނީ މާލޭގަ އެވެ. މިދިޔަހަފްތާގައި މާލެގައި އެކަނިވެސް 36 އެކްސިޑެންޓް ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުން އެންމެ ގިނަ އެކްސިޑެންޓް ހިނގާފައިވަނީ 21 ފެބްރުއަރީގަ އެވެ. އެދުވަހު 11 އެކްސިޑެންޓެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވެ އެވެ.
ފުލުހުން ބުނީ، އެންމެ ގިނައިން އެކްސިޑެންޓު ހިނގާފައިވަނީ ސައިކަލާއި ކާރު ޖެހިގެންކަމަށެވެ. އެގޮތުން، ކާރާއި ސައިކަލު ޖެހިގެން ނުވަ އެކްސިޑެންޓެއް ވަނީ ރިކޯޑްކުރެވިފަ އެވެ. ދެވަނައަށް އެންމެ ގިނައިން އެކްސިޑެންޓު ހިނގާފައިވަނީ ސައިކަލާއި ސައިކަލު ޖެހިގެންނެވެ. މިފަދަ އަށް އެކްސިޑެންޓެއް ރިކޯޑުކުރެވިފައިވާއިރު، ސައިކަލާއި ޕިކަޕު ޖެހިގެން ފަސް އެކްސިޑެންޓު، އަދި ކާރާއި އެހެން ކާރަކާ ޖެހިގެން ހަތަރު އެކްސިޑެންޓް ރިކޯޑް ކުރެވިފައިވާކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
ވޭތުވެ ދިޔަ ހަފްތާގައި އެންމެ ގިނަ އެކްސިޑެންޓް ހިނގާފައިވަނީ ދުވާލު ގަޑީގަ އެވެ. އެގޮތުން 33 އެކްސިޑެންޓެއް ދުވާލު ރިޕޯޓްކޮށްފައިވާ އިރު، އަށް އެކްސިޑެންޓެއް ހިނގާފައިވަނީ ރޭގަނޑު އެވެ.
ނިމިދިޔަ ހަފަތާ ތެރޭ ހިނގާފައިވާ 41 އެކްސިޑެންޓުތަކުގެ ތެރޭގައި 38 ކުޑަ އެކްސިޑެންޓަކާއި، 3 ބޮޑު އެކްސިޑެންޓެއް ހިމެނެ އެވެ. މި އެކްސިޑެންޓްތަކުގައި 11 މީހަކަށް އެކިވަރުގެ އަނިޔާ ވެފައިވާކަމަށާއި، 45 އުޅަނދަކަށް ގެއްލުން ލިބިފައިވާކަމަށް ފުލުހުން ބުންޏެވެ.
މާލެ ސަރަޙައްދުގައި ހިނގާ އެކްސިޑެންޓްތައް ގިނަވުމަކީ، އާއްމުންނާއި، ދުއްވާ އެއްޗިއްސަށް ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމެކެވެ. އެކްސިޑެންޓްތައް މަދުކުރުމަށްޓަކައި އާއްމުން ހޭލުންތެރި ކުރުވުމަށްޓަކައި ފުލުހުން އަންނަނީ އެކި އެކި ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގަމުންނެވެ. އަދި ހަމަ މިއާއެކު އުޅަނދުތައް ޗެކް ކުރުމާއި، މަގު މަތިން ހުއްޓުވައިގެން ސުވާލު ކުރުން ފަދަ ކަންތައްތައް ހިމެނެ އެވެ. ރައްކާތެރި އަމާން ވެއްޓެއް ގާއިމްކުރުމަށްޓައި ހުރިހާ ފަރާތްތަކުންވެސް މަގުމަތީގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ފުލުހުން އަންނަނީ ނަސޭހަތްތެރިވަމުންނެވެ.