ENGLISH

24 ފެބްރުއަރީ 2026

Advertisement

ތިނަދޫގެ އުތުރާއި ދެކުނުން ފެންނަން އޮތީ ޕީއެންސީގެ ތަރައްގީ: ޝަހީމް

24 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު. ފޮޓޯ؛ޕީއެންސީ

ގދ. ތިނަދޫ ސިޓީން މިއަދުވެސް ފެންނަނީ ޕީއެންސީގެ ސަރުކާރުތަކުން ގެނެސްދީފައިވާ ތަރައްގީކަމަށް އިސްލާމީ ކަންތަައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ. 

އެމަނިކުފާނު މިފަދައިން ވިދާޅުވީ ތިނަދޫ ސިޓީގެ މާލޭ އޭރިއާ ކެމްޕެއިން އޮފީސް ހުޅުވުމަށް ރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ނެވެ. 

ވަޒީރު ވިދާޅުވީ އިޖުތިމާއީ ގޮތުންވެސް ދީނީ ގޮތުންވެސް އަދި އިގްތިސާދީ ގޮތުންވެސް ރާއްޖެ މިއަދު ދަތުރުކުރަމުން ދަނީ ރަނގަޅު އަމާޒަކަށް ކަމަށެވެ. އެހެންކަމުން މި ހާލަތު ދެމެހެއްޓުމަށް ސަރުކާރަށް ނިސްބަތްވާ ޕީއެންސީގެ ކެންޑިޑޭޓުން ހޮވުމަށް ވަޒީރު އިލްތިމާސްކުރެއްވި އެވެ. 

ވަޒީރު ވިދާޅުވީ ތިނަދޫ މިއަދު ދެކޭ ތަރައްގީއަކީ ޕީއެންސީގެ ފިކުރުން އުފަންވެގެން އައި ތަރައްގީ ކަމަށެވެ. 

"ތިނަދޫގެ އުތުރާއި ދެކުނުން ފެންނަ ތަރައްގީއަކީ ޕީއެންސީ ފިކުރުގެ ތެރެއިން އައި ތަރައްގީ. އެއީ ބަނދަރަށް ބަލާލިނަމަވެސް، ހިއްކާފައި އޮތް ތަނަށް ބަލާލިނަމަވެސް އަދި އިސްލާމީ މަރުކަޒަށް ބަލާލި ނަމަވެސް. އެއީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ކުރިން ހައުސިން މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި އިރު ކުރިއަށް ގެންދިޔަ ކިތަންމެ ޕްރޮޖެކްޓެއްގެ އަސަރު ތިނަދޫ ސިޓީގެ ތެރެއިން ފެންނަން ހުންނާނެ. މިކަމަށް ކުރީގެ ނާއިބު ރައީސް އަބްދުﷲ ޖިހާދު ވެސް ހެކިވެވަޑައިގަންނަވާނެ. ރައީސް މުއިއްޒު ތިނަދުއަށް ވަރަށް ހާއްސަ އަހައްމިއްޔަތުކަމެއް ދެއްވާ. " - އިސްލާމީ ކަންތަައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ފަރާތުން ތިނަދޫ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލައްވާފައިވާ މުހައްމަދު އަޖީބަކީ އެ ސިޓީގެ ރައްޔިތުންނަށް ލިބޭނެ ޖަވާހިރެއް ކަމަށާއި ތިނަދޫގެ ޒުވާން ޖީލު ތަރުބިއްޔަތު ކުރުމުގައި ނަމޫނާ ދެއްކެވި އަޖީބަކީ ތިނަދޫގެ ރައްޔިތުންނަށް އެނގޭނެ ބޭފުޅެއް ކަމަށް ޝަހީމް ވިދާޅުވި އެވެ. 

ޕީއެންސީގެ ހުރިހާ ކެންޑިޑޭޓުންނަކީ ވެސް ތަހުޒީބު، ގާބިލް، ސުލްހަވެރި ކަމަށް ލޯބި ކުރާ ބައެއް ކަން ފާހަގަ ކުރައްވައި ޝަހީމް ވަނީ ޕީއެންސީގެ ކެންޑިޑޭޓުން ކުރިއަށް އޮތް އިންތިހާބުގައި ތިނަދޫ ސިޓީ ކައުންސިލަށް އިންތިހާބު ކޮށްދިނުމަކީ ރައްޔިތުންގެ ވަރަށް މުހިންމު މަސްއޫލިއްޔަތެއް ކަމަށް ވިދާޅުވެފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު