ENGLISH

23 ފެބްރުއަރީ 2026

Advertisement

ރައީސްގެ ވައުދުފުޅާ އެއްގޮތަށް އެމަނިކުފާނު ގެންދަވަނީ މިނިވަން ޑިމޮކްރެޓިކް މާހައުލެއް ދަމަހައްޓަވަމުން: ޣައްސާން

23 ފެބްރުއަރީ 2026

|

ޝިފްޒާން އަޙްމަދު

ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން، ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެން އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ރާއްޖޭގައި މިނިވަން ޑިމޮކްރެޓިކް މާހައުލެއް ދަމަހައްޓަވަމުންގެންދަވާ ކަމަށް ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނު ވިދާޅުވެއްޖެއެވެ. 

ޣައްސާން މިފަދައިން ވިދާޅުވީ ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްެރެސް ޕާޓީން ކުރިއަށްގެންދާ ދޮރުން ދޮރަށް ހަރަކާތުގައި ރައީސް ޑރ.މުޢިއްޒުގެ އަރިހުގައި ހެންވޭރު ހުޅަނގަށް އެމަނިކުފާނު މިއަދު ކުރެއްވި ޒިޔާރަތުގައި ބައިވެރިވެވަޑައިގެން އެ ސަރަހައްދުގައި ހުންނަވައި އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމެއްގައެވެ. 

ޣައްސާން ވިދާޅުވީ ރައީސް ޑރ.މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން، މަގާމުގެ ހުވައިކުރެއްވުމަށްފަހު އެންމެ ފުރަތަމަ ރައްޔިތުންނާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ކޯޓުތަކަށާއި ޝަރުއީ ނިޒާމުގެ ތެރޭގައި ހިނގަމުންދާ މައްސަލަތަކަށް ސަރުކާރުން ނުފޫޒު ފޯރުވުން އެވަގުތުން ފެށިގެން ނިމުމަކަށް ގެންނެވި ކަމަށް ވިދާޅުވެފައިވާ ކަމށެވެ. 

ޣައްސާން ވިދާޅުވި ގޮތުގައި އެމަނިކުފާނު އެހެން ވިދާޅުވި ދުވަހުން ފެށިގެން ފެނިގެން ގޮސްފައިވަނީ ސަރުކާރުން ކޯޓުތަކަށް ނުފޫޒު ފޯރުވައި، މައްސަލަތަކުގެ ތެރެއަށް ތަދައްހުލުވުން އެއްކޮށް ހުއްޓުނު މަންޒަރެވެ. 

"ސަރުކާރުގެ ފަރާތުން އެއްވެސް ބޭފުޅަކަށް ސިޔާސީ ގޮތުން ތުހުމަތުކުރެވި ހައްޔަރުކުރެވިގެން އުޅޭ ތަނެއް ފެނިގެން ނުދޭ‌. އެއްވެސް މައްސަލައަކަށް ދިވެހި ސަރުކާރުން ވަދެގެން ނޫޅޭ،" ރައީސްގެ ވައުދުފުޅާ އެއްގޮތަށް ސިޔާސީ ގޮތުން ބަދަލުހިފުމުގެ ރޫހުގައި ވާދަވެެރިންނާމެދު ފިޔަވަޅުއެޅުން ނިމުމަކަށް ގެނެސްފައިވާކަން ފާހަގަކުރައްވައި ޣައްސާނު ވިދާޅުވިއެވެ. 

ވަޒީރު އިތުރަށް ވިދާޅުވީ ރާއްޖެއިން މިހާރު ފެނިގެން މިދަނީ ޑިމޮކްރަސީގެ ރިވެތި އުސޫލުގެ ތެރެއިން މިނިވަންކަމާއެކު އިދިކޮޅު ޕާޓީތަކަށްވެސް ހަރަކާތްތެރިވެވޭނެ ފަދަ މާހައުލެއް ގާއިމުކުރެވި ނެގެހެއްޓެމުންދާ މަންޒަރު ަކމަށެވެ. 

ރައީސް ޑރ.މުޢިއްޒުވަނީ އެމަނިކުފާނުގެ ވެރިކަމުގައި ސިޔާސީ ގޮތުން ބަދަލުހިފުމަށް ކަންކަން ކުރުމުގެ ސަގާފަތް ނިމުމަކަށް ގެންނަވައި، ސިޔާސީ ވާދަވެރިންނާމެދު ހަތިޔާރެއްގެ ގޮތުގައި ޝަރުއީ ދާއިރާ ބޭނުންކުރުން ހުއްޓުމަކަށް ގެންނަވާނެ ކަމުގައި ވިދާޅުވެފައެވެ. 

 މިހާތަނަށް ވާދަވެރި ސިޔާސީ ލީޑަރަކާމެދު ސަރުކާރުން ބަދަލުހިފުމުގެ ރޫހުގައި އެއްވެސް ފިޔަވަޅެއް އަޅާފައިނުވާއިރު، ކުރިއަ ހިލާފަށް އިދިކޮޅު ޕާޓީތަކުގެ ހުރިހާ ލީޑަރުންވެސް މިނިވަންކަމާއެކު ސިޔާސީ މަސައްކަތް ކުރެއްވުމުގައި ހަރަކާތްތެރިވެވަޑައިގަންނަވައެވެ. 

ކިޔުންތެރިންގެ ހިޔާލު