ENGLISH
26 ފެބްރުއަރީ 2026
ފެރިދޫ ސިއްޙީމަރުކަޒުގެ އައު އިމާރާތުގެ ފައުންޑޭޝަން މަސައްކަތް ކުރިއަށްދަނީ
23 ފެބްރުއަރީ 2026
|
ފެރިދޫ ސިއްޙީމަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
އއ. ފެރިދޫ ސިއްހީ މަރުކަޒަށް އިތުރުކުރާ އިމާރާތުގެ ފައުންޑޭޝަން އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
އެމްޓީސީސީ އިން ބުނީ މިހާރު ކުރިއަށްދަނީ ބީމް ޝަޓަރިންގެ މަސައްކަތްތައް ކަމަށެވެ.
ފެރިދޫ ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އއ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެރަށަށް ވަޑައިގެންނެވެ.
ފެރިދޫ ސިއްޙީމަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: އެމްޓީސީސީ
ފެރިދޫ ސިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމަށް މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސިއްޙީ ވުޒާރާއިން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމެވެ. އެމްޓީސީސީން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސައުދީ އެވެ.
އއ.ފެރިދޫގައި މިހާރު ބޭނުންކުރަމުންދާ ސިއްޙީ މަރުކަޒުގެ އިމާރާތަކީ 2003ވަނަ އަހަރު ޚިދުމަތް ދޭންފެށި މަރުކަޒެކެވެ. ބަލިމީހުން ބެލުމާއި، އެޑްމިޓްކޮށްގެން ދޭންޖެހޭ ފަރުވާއާއި އަދި މަރުކަޒުގެ އިދާރީ މަސައްކަތްތައްވެސް ބަލަހައްޓަމުން އަންނަނީ އެ ކުޑަކުޑަ ޢިމާރާތުގައެ އެވެ. މިއާއެކު 2023 ވަނަ އަހަރުގެ ތެރޭގައި އެރަށު ސިއްޙީ މަރުކަޒަށް އައު އިމާރާތެއްވެސް އިތުރުކުރި އެެވެ.
ފެރިދޫ ސިއްޙީ މަރުކަޒުން ދުވާލަކު 16ގަޑިއިރު އަންނަނީ ޚިދުމަތް ދެމުންނެވެ. އެވްރެޖްކޮށް އަހަރަކު 4000އަށްވުރެ ގިނަ މީހުން ސިއްޙީ މަރުކަޒުން ޚިދުމަތް ހޯދަ އެވެ.