ENGLISH
23 ފެބްރުއަރީ 2026
އުމްރާ ދަތުރަކާއެކު އިސްލާމިކް މިނިސްޓްރީގެ ހުކުރު ޚުޠުބާ ކުއިޒް އިފްތިތާޙުކޮށްފި
23 ފެބްރުއަރީ 2026
|
"ހުކުރު ޚުތުބާ ކުއިޒް" އިފްތިތާޙް ކުރުމުގެ ހަފްލާގެ ތެެރެއިން-- ފޮޓޯ: އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާ
އެންމެ މަޤްބޫލު
ރަމަޟާން މަހާ ދިމާކޮށް، ކުޑަކުދިންނަށް ޚާއްޞަކޮށްގެން "ހުކުރު ޚުތުބާ ކުއިޒް" ގެ ނަމުގައި ޤައުމީ ފެންވަރުގެ ޑިޖިޓަލް މުބާރާތެއް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އިފްތިތާޙުކޮށްފި އެވެ.
މި ކުއިޒް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދިވެހި ބަހުން "އޯޕަން ބުކް" މެތަޑަށެވެ. އެހެންކަމުން ކުއިޒަށް ޖަވާބު ދިނުމުގެ ކުރިން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ޚުތުބާ ކިޔަންޖެހެ އެވެ. އަދި ޚުޠުބާ ފަހުމުވުމަށްޓަކައި ބެލެނިވެރިންގެ އެހީތެރިކަން ހޯދުމުގެ ފުރުޞަތު ކުދިންނަށްވަނީ ހުޅުވާލެވިފަ އެވެ.
ކުއިޒް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މައިކްރޮސޮފްޓް ފޯމްސް މެދުވެރިކޮށެވެ. އެހެެންކަމުން ފޯނުން ނުވަތަ ކޮމްޕިއުޓަރުންވެސް ފަސޭހަކަމާއެކު ކުއިޒުގައި ބައިވެރިވެވޭނެ އެވެ.
ކޮންމެ ހަފްތާއެއްގެ ވެސް ބުދަ ދުވަހުގެ ހެނދުނު 10:00 ގައި ކުއިޒް ހުޅުވާލެވޭއިރު، ޖެހިގެން އަންނަ ބުރާސްފަތި ދުވަހުގެ ރޭގަނޑު 22:00 އާ ހަމައަށް ކުއިޒުގައި ބައިވެރިވުމުގެ ފުރުޞަތު އޮންނާނެ ކަމަށް އިސްލާމީކަންތައްތައްތަކާ ބެހޭ ވުޒާރާއިން ވަނީ ބުނެފަ އެވެ.
މި މުބާރަތް ކުރިއަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން އުުމުރުފުރައަކަށް ބަހާލެވިގެންނެވެ. އެއީ ގްރޫޕް އޭ (7-9 އަހަރު)، ގްރޫޕް ބީ (10-12 އަހަރު) އަދި ގްރޫޕް ސީ (13-15 އަހަރު) އެވެ.
ކުއިޒުގައި ބައިވެރިވުމަށްޓަކައި އެ ވުޒާރާގެ ޚާއްސަކޮށްފައިވާ ވައިބާ ކޮމިއުނިޓީ ގްރޫޕަށް ޖޮއިން ކުރަން ޖެހެއެެވެ. މި ކޮމިއުނިޓީ ގްރޫޕްގެ ލިންކަކީ https://invite.viber.com/?g2=AQAbinPB6xYicFYdNriAFZqhSTqTNphujAPtv9QieMHhq25fJVzTH%2BZNaL7bXwz%2B އެވެ.
މި ގްރޫޕައަށް ކުއިޒްއާއި ބެހޭ ހުރިހާ މައުލޫމާތުތައް ހިއްސާ ކުރަމުން ދާނެ ކަމަށް ވުޒާރާއިން ބުންޏެވެ.
މުބާރާތުގެ ވަނަވަނަ ހޮވަނީ ހުރިހާ ބުރުތަކެއްގެ ޖުމްލަ ސްކޯގެ %90 އަށްވުރެ މަތިން މާކްސް ހޯދާ ކުދިންގެ ތެރެއިން އެންމެ މަތިން މާކްސް ހޯދާ ކުދިންނެވެ. އަދި މާކްސް އެއްވަރުނަމަ އެކުދިންގެ މެދުގައި މެދުގައި ގުރުއަތު ނަގައިގެންނެވެ.
ވަނަތަކަށް ހޮވޭ ކުދިންނަށް ކަނޑައެޅިފައިވާ އިނާމުތައް
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ބުނީ، މި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ، ހުކުރު ޚުތުބާ ކިޔުމަށާއި އަޑުއެހުމަށް ކުދިންގެ ޝައުޤުވެރިކަން އިތުރުކުރުމެވެ. މީގެ އިތުރުން ޚުތުބާގައި ހިމެނޭ މުހިންމު ފިލާވަޅުތަކާއި ދީނީ މަޢުލޫމާތު ކުދިންނަށް އުނގަންނައިދިނުމުގެ އިތުރުން އާއިލާތަކުގެ މެދުގައި ހުކުރު ޚުތުބާގެ މަޢުލޫމާތުތަކާމެދު މަޝްވަރާކުރުމުގެ ރޫޙު އާލާކޮށް، އާއިލީ ގުޅުން ބަދަހިކުރުންވެސް ހިމެނޭ ކަމަށެވެ.