ENGLISH

23 ފެބްރުއަރީ 2026

Advertisement

ދެ ދުވަސްތެރޭ ވައްކަމާއި ފޭރުމުގެ ބަދަލުގެ ގޮގުގައި 464،819 ރުފިޔާ ފުލުހުން ހޯދައިފި

23 ފެބްރުއަރީ 2026

|

އާމިނަތު ނުޒްލާ

ފުލުހުން މަގުމަތީ ހަރަކާތްތެރިވަނީ-- ފޮޓޯ: ފުލުހުންގެ އިދާރާ

މާލޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ފާއިތުވި ދެ ދުވަސް ތެރޭގައި ވައްކަމާއި ފޭރުމުގެ ބަދަލުގެ ގޮތުގައި 464،819 ރުފިޔާ އަބުރާ ހޯދިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުން އެންމެ ގިނަ އަދަދެއްގެ ރުފިޔާ އަނބުރާ ހޯދީ ގަލޮޅު ޕޮލިހުންނެވެ. އެގޮތުން އެ މަރުކަޒުން 365،099 ރުފިޔާ ވައްކާއި ފޭރުމުގެ ބަދަލުގެ ގޮތުގައި ހޯދާފައިވެ އެވެ. ހެންވޭރު ފުލުހަށް 380ރ ވައްކަމާއި ގެއްލިގެން ރިޕޯޓްކޮށްފައިވާއިރު 65000 ރުފިޔާ ބަދަލުގެ ގޮތުގައި ހޯދާފަ އެވެ.

އެންމެ ގިނަ ވައްކަމާއި ފޭރުމުގެ މައްސަލަ ހުށަހަޅާފައިވަނީ މާފަންނު ޕޮލިހަށެވެ. އެއީ 138،552 ރުރިޔާ އެވެ. ގިނަ އަދަދެއްގެ ފައިސާ ގެއްލުނު ނަމަވެސް ބަލަދުގެ ގޮތުގައި ހޯދިފައިވަނީ 34،720 ރުފިޔާ އެވެ.

ގްރޭޓަރ މާލެ ސަރަހައްދުގެ ސަލަމާތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ފާއިތުގެ ދެ ދުވަސް ތެރޭ ފުލުހުން ވަނީ 2267 ތަނެއް ބަލައި ފާސްކޮށްފަ އެވެ. މީގެ އިތުން 553 މީހުން މަގުމަތިން ހުއްޓުވައިގެން ސުވާލު ކޮށްފައިވެ އެވެ.

ތަފާސް ހިސާބުތަކުގައިވާ ގޮތުން އެންމެ ގިނަ މައްސަލަ ހުށަހެޅިފައިވަނީ ގަލޮޅު ޕޮލިސް ސްޓޭޝަނަޝެވެ. އެއީ 35 މައްސަލައެކެވެ. އަދި މާފަންނު ޕޮލިހުން ދެ މީހަކު ހައްޔަރު ކޮށްފައިވާއިރު، ގަލޮޅުން ތިން މީހުން އަދި މާފަނުން ޕޮލިހުން ވަނީ އެކަކު ހައްޔަރު ކޮށްފަ އެވެ.

މާފަންނު ޕޮލިހުން ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި 112 ހޮޓްސްޕޮޓެއް ފާހަގަކޮށް އެތަންތަނަށް ވަނީ އެޓެންޑްވެފަ އެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މަގުމައްޗަކީ ރައްކާތެރި އަމާންތަނަކަށް ހެދުމަށްޓަކައި ފުލުހުންގެ އިދާރާއިން އަންނަނީ ގިނަ އޮޕަރޭޝަންތައް ހިންގަމުންނެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ރައްޔިތުންގެ ރައްކާތެރިކަމަށް މިފަދަ އޮޕަރޭޝަންތައް ކުރިއަށްދާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު