ENGLISH
28 ފެބްރުއަރީ 2026
މީޑިޔާއަށް ސުވާލުކުރަން ރައީސް ފުރުސަތު ނުދެއްވި ވާހަކައަކީ ދޮގެއް
23 ފެބްރުއަރީ 2026
|
މައްޗަންގޮޅި މެދު ދާއިރާއަށް ރައީސް ކުރެއްވި ޒިޔާރަތުގެ ތެރެއިން، ފޮޓޯ: ޕީއެންސީ
އެންމެ މަޤްބޫލު
އިއްޔެ މައްޗަަންގޮޅި މެދު ދާއިރާގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީން ކުރިއަށްގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެން މަގު މަތިން ހިންގަވާފައި ދަނިކޮށް އެމަނިކުފާނާ ސުވާލުކުރަން އުޅުނު ނޫސްވެރިޔަކަށް ސެކިއުރިޓީން ހުރަސްއެޅިކަމަށް ބައެއް މީޑިޔާއިން ފަތުރާ ވާހަކައަކީ ދޮގެއް ކަމުގައި މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާހީމް މުޙައްމަދު ވިދާޅުވެއްޖެއެވެ.
މައްޗަންގޮޅި މެދު ދާއިރާއަށް އިއްޔެ ރައީސް ވަޑައިގެން ގެތަކަށް ޒިޔާރަތްކުރައްވައި އާއްމުންނާ ބައްދަލުކުރައްވަމުން ގެންދެވި ވަގުތުގައި ކަން ހިނގި ގޮތް އޮންލައިން ނޫހަކުން އޮޅުވައިލާ ކަމުގެ ހަގީގަތް ފޮރުވަން މަސައްކަތްކުރާކަމަށް މެންބަރު ތުހުމަތުކުރެއްވީ ރައީސާއި ސަރުކާރުން ނޫސްވެރިންނަށް ހުރަސްއެޅުއްވުމަށް މަސައްކަތްކުރެއްވިކަމަށް އެ ނޫހުން ބުނުމާ ގުޅިގެންނެވެ.
އެ ނޫހުގެ ނޫސްވެރިޔާ ކަންކުރި ގޮތް ތަފުސީލުކޮށްދެއްވަމުން މެންބަރު ވިދާޅުވީ އެ ނޫސްވެރިޔާ ކުއްލި ގޮތަކަށް އެ ސަރަހައްދަށް ވަދެ، ރައީސްގެ ސެކިއުރިޓީ ފޫއަޅުވައިލާ ވަދެގަނެ، އެމަނިކުފާނަށް އިޝާރާތްކޮށް "ރައީސް ސުވާލަށް ޖަވާބުނުދެއްވާނެތޯ" އަހަމުންދިޔައިރު، އެ ނޫހުގައި މަސައްކަތްކުރާ އެހެން މީހަކު ފޮޓޯއާއި ވީޑިޔޯ ނަގަމުންދިޔަ ކަމަށެވެ.
މެންބަަރު ތުހުމަތުކުރެއްވި ގޮތުގައި އެ ނޫސްވެރިން ބޭނުންވާ މަންޒަރު ރެކޯޑުކުރުމަށްފަހު އެ ސަރަހައްދު ދޫކޮށް ފިލައިގެންދިޔައީއެވެ. އަދި ހަގީގީ މާނާގައި ރައީސާ ސުވާލުކުރުމަށް މަސައްކަތްކޮށްފައިނުވާ ކަމަށްވެސް މެންބަރު ތުހުމަތުކުރެއްވިއެވެ.
މެންބަރު ވިދާޅުވި ގޮތުގައި ރައީސާ މަގުމަތިން ދިމާކޮށްލައި، ވަކި ގޮތަކަށް މަންޒަރު ދެއްކުމަށް ވީޑިޔޯއެއް ނަގައި، އެ ވީޑިޔޯ މީސްމީޑިޔާގައި އާއްމުކޮށްގެން އެ އޮންލައިން ނޫހުން ހިންގާފައިވާ އަމަލަކީ ޒިންމާދާރު ނޫސްވެރިކަމުގެ މިންގަނޑަށް ފެތޭ އަމަލެއް ނޫނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގެންދަވަނީ މީޑިޔާއާއެކު ވަރަށް ގާތް ގުޅުމެއް ބާއްވަވަމުންނެވެ. އެގޮތުން އެމަނިކުފާނު ގެންދަވަނީ އެކި މަންސަތަކުގެ ޒަރީއާއިން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމާއެކު، ނޫސްވެރިން ހުށަހަޅާ ސުވާލުތަކަށްވެސް ޖަވާބުދެއްވަމުންނެވެ.