ENGLISH

25 ފެބްރުއަރީ 2026

Advertisement

ސަރުކާރުގެ މަސައްކަތްތަކަށް އެއްބާރުލުންދޭ ބަޔަކަށް މުވައްސަސާތައް ވާންޖެހޭ: ވަޒީރު ރާފިއު

23 ފެބްރުއަރީ 2026

|

ހަނާން އަހުމަދު ނައީމް

ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު، އަބްދުﷲ ރާފިއު ގަލޮޅު ދެކުނު ޖަގަހަ ހުޅުވުމުގެ ޖަލްސާގައި ވާހަކަދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ މަސައްކަތްތައް ކޮށްދިނުމުގައި އެކަމަށް އެއްބާރުލުން ދޭ ބަޔަކަށް މުއައްސަސާތައް ވާންޖެހޭ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާގެ ވަޒީރު، އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

ރާފިއު މިފަދައިން ވިދާޅުވީ ކޮންގްރެސް ޕާޓީގެ ފަރާތުން މާލެ ސިޓީ ކައުންސިލުގެ ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލަރުކަމަށް އަދި މާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އެ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. 

ރައްޔިތުން ވަކި މީހަކު ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުކުރަނީ ރައްޔިތުން އެދޭ ގޮތަށް ވަކި ކަންތައްތަކެއް ކުރުމަށްކަން ފާހަގަކުރައްވަމުން ރާފިއު ވިދާޅުވީ، އެކަންކަމަށް ހުރަސްއަޅާނެ ބަޔަކު މުއައްސަސާތަކަށް އިންތިހާބުކުރުމުން، އެ ބޭފުޅަކު ކިބައިން ރައްޔިތުން އެދުނު ކަންކަން ހަގީގަތަކަށް ހެދުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ. 

އިތުރަށް ރާފިއު ވިދާޅުވީ ސަރުކާރުން ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ މުއައްސަސާތަކަކީ ކައުންސިލުތައް ކަމަށްވާއިރު، ސަރުކާރާ އިދިކޮޅު ފިކުރު ގެންގުޅޭ ސަރުކާރަށް ހުރަސްއެޅުމުގެ ވިސްނުމުގައި މަސައްކަަތްކުރާ ކައުންސިލަރުންތަކެއް އިންތިހާބުވެއްޖެނަމަ އެކަމުގެ އުދަގޫ ސަރުކާރަށް ތަހައްމަލުކުރަންޖެހޭ ކަމަށެވެ. 

"ސަރުކާރާއި އިދިކީލި ކައުންސިލްތަކެއް ހުރެއްޖެނަމަ ރައީސް މި ގައުމަށް ކުރައްވަން ބޭނުންފުޅުވާ ކަންކަން ކުރުމުގައި އަޅުގަނޑުމެންނަށް ވެސް އެކަމުގެ ދަތިކަން އިހުސާސްކުރެވޭނެ. މިކަމާއި ވަރަށް ފުންކޮށް ވިސްނަން އެބަ ޖެހޭ. ހަމަޖެހުމާއި، ތަރައްގީ އަދި ރައްކާތެރިކަން ހާސިލް ކުރުމަށްޓަކައި އެބަ ޖެހޭ އެ މަސައްކަތް ކުރެވޭނެ ބަޔަކު ހޮވަން." - ވަޒީރު ރާފިއު

ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންނަކީ ގުޅިގެން މަސައްކަތްކުރެއްވޭނެކަން ސާބިތުކޮށްދެއްވާފައިވާ ކެންޑިޑޭޓުންތަކެއްކަން ފާހަގަކުރައްވަމުން ވަޒީރުވަަނީ އެ ޕާޓީގެ ކެންޑިޑޭޓުން ކައުންސިލުތަކަށް އިންތިހާބުކުރަންވީ ސަރުކާރަށް އެއްބާރުލުންދީ ރައީސްގެ އަރިހުން ރައްޔިތުން އެދޭ ކަންކަން ހަގީގަތަކަށް ހެއްދެވުމަށް އެމަނިކުފާނު ކުރައްވަަމުންދާ މަސައްކަތްޕުޅުގައި މަދަދުވެރިވާނެ ކައުންސިލުތަކެއް އުފެއްދުމަށް ކަމަށް ވިދާޅުވެފައެވެ. 

ސަރުކާރުން މަޝްރޫއުތައް ހިންގައި ވަސީލަތްތައް ގާއިމުކޮށް ކައުންސިލުތަކާ ހަވާލުކުރުމުން، ބައެއްފަހަރު އެކަށީގެންވާ ގޮތަށް އެތަންތަން ނުބެލެހެއްޓި، އެތަންތަނުން ރައްޔިތުންނަށް ލިބެންޖެހޭ މަންފާ ނުލިބޭކަން ފާހަގަކުރައްވަމުން ރާފިއު ވިދާޅުވީ އެހެންނުވާނެހެން ސަރުކާރުން ގާއިމުކޮށްދޭ ވަސީލަތްތަކުގެ ފުރިހަމަ މަންފާ ރައްޔިތުންނަށް ލިބޭނެ ގޮތަށް އެ ވަސީލަތްތައް ބޭނުންކުރާނެ ކައުންސިލަރުންނަށްވާނީ ކޮންގްރެސް ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެންޑޑޭޓުންކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު