ENGLISH
23 ފެބްރުއަރީ 2026
ށ. ފުނަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ 70 އިންސައްތަ ނިމިއްޖެ
23 ފެބްރުއަރީ 2026
|
ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށްދަނީ -- ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
ށ. ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުުރުމުގެ މަޝްރޫޢުގެ ދަށުން، މުޅި މަޝްރޫއުގެ 70 އިންސައްތަ މަސައްކަތް ނިންމާލެވިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
އެމްޓީސީސީއިން ބުނީ މިހާރު ކުރިއަށްދަނީ ފަޅު ފުންކުރުމުގެ މަސައްކަތް ކަމަށެވެ.
މި މަޝްރޫއަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމެންޓް އެރަށަށް ގެންގޮސްފައިވަނީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.
ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށްދަނީ -- ފޮޓޯ: އެމްޓީސީސީ
މި މަޝްރޫއުގެ ދަށުން:
ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށްދަނީ -- ފޮޓޯ: އެމްޓީސީސީ
ރަށް ގިރުމުގެ މަސައްލައަކީ ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަށް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ. އެގޮތުން ފުނަދޫ އަކީ މީގެ ތެރެއިން އެއް ރަށެވެ. ފާއިތުވި އަހަރުތަކުގެ ތެރޭގައި އެރަށުން ބޮޑު ބައެއް ގިރައިގެން ގޮސްފައިވާކަމަށް އެރަށު ކައުންސިލުން ބުނެފައިވެ އެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 280 ދުވަސް ތެރޭ ނިންމާގޮތަށް، 18.56 މިލިއަން ރުފިޔާއަށެވެ.