ENGLISH

23 ފެބްރުއަރީ 2026

Advertisement

ކޮލަމާފުށީ ބިން ހިއްކުމުގެ މަޝްރޫޢު ނިމުމަކާ ގާތަށް

23 ފެބްރުއަރީ 2026

|

އާމިނަތު ނުޒްލާ

ގއ. ކޮލަމާފުށި ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން--- ފޮޓޯ: އެމްޓީސީސީ

ގއ. ކޮލަމާފުށި ބިން ހިއްކުމުގެ މަޝްރޫޢު ހަލުވިކަމާއެކު ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މުޅި މަޝްރޫޢުގެ 83 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. 

މި މަޝްރޫއުގެ ދަށުން 284,145 ކިއުބިކް މީޓަރުގެ ބިން ހިއްކުމާއި 823 މީޓަރުގެ ސަރަޙައްދެއްގައި ޑްރެއިނޭޖް ބަޔޯސްވޭލްއެއް ހެދުމުގެ މަސައްކަތް ހިމެނެ އެވެ.

ގއ. ކޮލަމާފުށި ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން--- ފޮޓޯ: އެމްޓީސީސީ

މިއީ 41.04 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.

ކޮލަމާފުށި ބިން ހިއްކުމުގެ މަޝަރޫޢު ކުރީ ސަރުކާރުން އެމްޓީސީސީއާ ހަވާލު ކުރިނަމަވެސް އެ މަސައްކަތުގެ އަމަލީ މަސައްކަތް އޮތީ ނުފެށި އެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެ ރަށުގެ ބިން ހިއްކުމުގެ މަޝްރޫއަށް ކުރިން ސަރުކާރުން ކަޑައަޅާފައި އޮތީ ވަރަށް ކުޑަ ބަޖެޖެއް ކަމަށެވެ. އެހެންކަމުން އެރަށުގެ ބިން ހިއްކުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ނުފެށިވަނިކޮށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު 2024 ފެބްރުއަރީ މަހު އެރަށަށް ވަޑައިގެން އެރަށުގެ ބިން ހިއްކުމުގެ މަޝްރޫއު ވަރަށް އަވަހަށް ފެށިގެންދާނެކަން ވަނީ އިޢުލާން ކުރައްވައިފައެވެ.

އާބާދީގައި 1600 އެއްހާ މީހުން ހިމެނޭ ކޮލަމާފުށީގެ ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ، ބިމުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ގޯތި ބޭނުންވެފައިވާ ގިނަ ފަރާތްތަކަށް ގޯތި ނުލިބުމެވެ.

ކިޔުންތެރިންގެ ހިޔާލު