ENGLISH
23 ފެބްރުއަރީ 2026
ކޮންގްރެސްގެ ގަލޮޅު ދެކުނު ދާއިރާގެ ޖަގަހަ ފަސްޓްލޭޑީ ހުޅުވައިދެއްވައިފި
22 ފެބްރުއަރީ 2026
|
ކޮންގްރެސްގެ ގަލޮޅު ދެކުނު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުން --
އެންމެ މަޤްބޫލު
ކޮންގްރެސްގެ ގަލޮޅު ދެކުނު ދާއިރާގެ ކެމްޕެއިން ޖަގަހަ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ހުޅުވައިދެއްވައިފި އެވެ.
ގަލޮޅު ދެކުނު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުން އޮތީ މިރޭ އޮތް ޚާއްސަ ޙަފްލާއެއްގަ އެވެ. ޖަގަހަ ހުޅުވުމަށް ފަހު އޮތް ޖަލްސާގައި އެ ދާއިރާއަށް ކައުންސިލަށް ވާާދަކުރައްވާ ކެންޑިޑޭޓާއި އަންހެނުންގެ ތަަރައްޤީއަށް މަަސައްކަތް ކުރާ ކޮމެޓީގެ މެންބަރު ކަމަށް ކުރިމަތިލައްވާ ކެންޑިޑޭޓް ވަނީ ޖަގަހަ ހުޅުވައިދެއްވައި ކެމްޕެއިންގައި ބައިވެރިވެވަޑައިގެންދެއްވީތީ ފަސްޓްލޭޑީ އަށް ޝުކުރު އަދާކުރައްވާފަ އެވެ.
މިރޭގެ ޖަލްސާގައި ވާހަކަފުޅު ދެއްކެވި ބޭފުޅުން ވަނީ ވާދަވެރީންގެ އެޖެންޑާއެއް އަދި އިޚްލާސްތެރި ނިޔަތެއް ވެސް ނެތް ކަމަށާ ކޮންގްރެސްގެ ކެންޑިޑޭޓުން ނިކުމެ ތިބީ ޙަޤީޤީ ތަސައްވުރަކައިގެން ކަމަށް ވިދާޅުވެފަ އެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރު ޙަޤީޤަތަކަށް ހެދުމަށް އެހީތެރިވެދޭނެ ކައުންސިލްތަކެއް އޮތުމުގެ މުހިންމުކަން އެ ބޭފުޅުން ފާހަގަ ކުރެއްވި އެވެ.
އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިޚާބަށް އެންމެ ގިނަ ކެންޑިޑޭޓުން ނެރެނީ ކޮންގްރެސް ޕާޓީންނެވެ. އެ ޕާޓީން ދަނީ މުޅި ރާއްޖޭގައި ޚާއްސަކޮށް ވެރިރަށް, މާލޭގައި ވަަރަށް ފުޅާ ދާއިރާއެއްގައި ކެމްޕެއިން ހިންގަމުންނެވެ.