ENGLISH
23 ފެބްރުއަރީ 2026
ހިއުމަން ރައިޓްސް ކައުންސިލްގެ ބައްދަލުވުމަކަށް ޚާރިޖީ ވަޒީރު ޖެނީވާއަށް
22 ފެބްރުއަރީ 2026
|
ޚާރިޖީ ވަޒީރު ޑރ.އަބްދުﷲ ޚަލީލް. ފޮޓޯ: ޕީއެސްއެމް
އެންމެ މަޤްބޫލު
ހިއުމަން ރައިޓްސް ކައުންސިލްގެ ބައްދަލުވުމަކަށް ޚާރިޖީ ވަޒީރު، ޑރ.އަބްދުﷲ ޚަލީލް ޖެނީވާއަށް ވަޑައިގެންފިއެވެ.
ވަޒީރު ބައިވެރިވުމަށް ހަމަޖެހިފައިވަނީ ހިއުމަން ރައިޓްސް ކައުންސިލްގެ 61 ވަނަ ސެޝަންގެ މަތީ ފަންތީގެ ހަފުތާގައެވެ.
އެ ދަތުރުފުޅާ ގުޅުވައި ވަޒީރު ޑރ.ޚަލީލް ވިދާޅުވީ އެ ސެޝަނަކީ ކާމިޔާބު ސެޝަނަކަށް ހެދުމަށް ދިވެހިރާއްޖެއިން ފުރިހަމައަށް މަސައްކަތްކުރައްވާނެކަމަށެވެ.
މީގެ އިތުރުން އެ ސެޝަންގެ ހުރިހާ މަރުހަލާއެއްގައިވެސް އަމަލީ ގޮތުން ބައިވެރިވެ، ބައިނަލްއަޤްވާމީ ގުޅުންތަކުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ދިވެހިރާއްޖެއިން ދެމިއޮންނާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ދިވެހިރާއްޖެއަކީ 2023-2025 ހިއުމަން ރައިޓްސް ކައުންސިލްގެ މެންބަރަކަށްވާއިރު، މިއީ އެ ކައުންސިލްގެ މެންބަރުންކަން ރާއްޖެއިން އަދާކުރާ ތިންވަނަ ފަހަރެވެ.
ހިއުމަން ރައިޓްސް ކައުންސިލަކީ އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމަށް އެކި ޤައުމުތައް ގުޅިގެން މަސައްކަތް ކުރުމަށް އުފައްދާފައިވާ އދގެ ގޮތްޕެކެވެ.