ENGLISH

22 ފެބްރުއަރީ 2026

Advertisement

ތާރީޚީ ބޮޑު ބަދަލެއް: 31 އަހަރުތެރޭ ފުރަތަމަ ފަހަރަށް ތެލެސީމިއާ ސެންޓަރުން ހުކުރު ދުވަހު ޚިދުމަތްދޭން ފަށައިފި

22 ފެބްރުއަރީ 2026

|

އަޙުމަދު ޙަމީދު

ތެލެސީމިއާ ސެންޓަރު، ޖާގަ ތަނަވަސް އޮރެންޖު ހިޔާއަށް ބަދަލުކޮށް ރަސްމީކޮށް ހުޅުވުން -- ފޮޓޯ: ރައީސް އޮފީސް

މިދިޔަ 31 އަހަރުތެރޭ ފުރަތަމަ ފަހަރަށް ތެލެސީމިއާ ސެންޓަރުން ހުކުރު ދުވަހު ޚިދުމަތް ދޭން ފަށައި ތާރީޚީ ހެޔޮ ބަދަލެއް ގެނެސްފި އެވެ.

އެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްްމަދު މުޢިއްޒު ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހާމަކުރައްވާފަ އެވެ.

އެމަނިކުފާނުގެ ޕޯސްޓްގައި ވިދާޅުވި ގޮތުގައި 1994 ވަނަ އަހަރު ޑިސެމްބަރު 29 ވަނަ ދުވަހު ތެލަސީމިއާ ސެންޓަރު ހުޅުވިފަހުން، ފާއިތުވި 31 އަހަރުގެ ދިގު ތާރީޚުގައި ރަސްމީކޮށް ހުކުރު ދުވަހެއްގައި އެ ސެންޓަރު ހުޅުވައި ޚިދުމަތް ދީފައިނުވެ އެވެ.

ނަމަވެސް، 20 ފެބްރުވަރީ 2026 ވީ ހުކުރު ދުވަހުން ފެށިގެން، ކޮންމެ ހުކުރު ދުވަހެއްގައި ވެސް ތެލަސީމިއާ ސެންޓަރު ހުޅުވައި، ލޭ އެޅުމުގެ ޚިދުމަތް ދޭން ފަށާފައިވާކަން ރައީސްކަން ފާހަގަ ކުރެއްވި އެވެ.

އެގޮތުން 20 ފެބްރުއަރީ ވީ ހުކުރު ދުވަހުވެސް ޖުމްލަ 14 ޓްރާންސްފިއުޝަން ހަދާ ފަސް ފަރާތަކުން ލޭ ހަދިޔާކޮށްފައިވެ އެވެ.

"މި ރަމަޟާން މަސް ނިމުމުން ވެސް ހުކުރު ދުވަހު، ވަކި ގަޑިތަކެއްގައި ލޭއެޅުމުގެ ޚިދުމަތް ކުރިޔަށް ގެންދެވޭނެ. މީގެ ސަބަބުން އަތޮޅުތަކުން ހަފްތާ ބަންދުގައި މާލެ އައިސް ލޭ އަޅަން ބޭނުންވާ ފަރާތްތަކަށާއި، ލޭ ހަދިޔާކުރާ ފަރާތްތަކަށްވެސް ހުކުރު ދުވަހު ލޭ ހަދިޔާކުރަން އައުމަަށް ފަސޭހަވެގެންދާނެ," ގެނެވުނު ހެޔޮ ބަދަލާއި ގުޅޭގޮތުން ރައީސް ވިދާޅުވި އެެވެ.

ތެެލެސީމިއާ އާއިލާގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. އެ ވައުދުފުޅާއި އެއްގޮތަށް އިންގިލާބީ ހެޔޮ ބަދަލުތަކެއް އެމަނިކުފާނުގެ ސަރުކާރުގައި ވަނީ ގެންނަވާފަ އެވެ.

* ތެލެސީމިއާ ސެންޓަރު، ޖާގަ ތަނަވަސް އޮރެންޖު ހިޔާއަށް ބަދަލުކުރުން

* ތެލެސީމިއާ އެންޑް އަދަރ ހީމޮގްލޮބިނޯޕަތީސް ސެންޓަރ އިފުތިތާޙުކުރުން

* ޖެނެރަލް ވޯޑްގެ އިތުރުން އަންހެނުންނަށް ޚާއްޞަ ވޯޑަކާއި، ކުޑަކުދިންނަށް ޚާއްޞަ ވޯޑެއް ހަމަޖެއްސުން

* ލޭ ރައްކާކުރުމުގެ ކެޕޭސިޓީ 200 ލޭ ޕައިންޓުން 600 ލޭ ޕައިންޓަށް އިތުރުކުރުން

* ލެބް ޓެކްނީޝަނުންގެ އަދަދު ހަޔަކަށް އިތުރުކުރުން

* ދާއިމީކޮށް ހުންނާނެ ފިޒީޝަނެއް ހަމަޖެއްސުން

* އިދާރީ ބަޔަށް މުވައްޒިފުން އިތުރުކުރުން

* ސްޓޯރޭޖް ބެލެހެއްޓުމަށް މުވައްޒިފުން އިތުރުކުރުން

* އޮރެންޖް ހިޔާއަށް ދަތުރުކުރެވޭނެ ގޮތް ހަމަޖެއްސުމަށް ބަސްކާޑު ތައާރަފުކުރުން

* މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށަށް އެމް.ބީ.އެސް ބަދަލުކުރުން

* ތެލެސީމިޔާ މީހުންނަށް މަހަކު 2،000 ރުފިޔާގެ އިނާޔަތެއް ދޭން ފެށުން

ކިޔުންތެރިންގެ ހިޔާލު