ENGLISH
22 ފެބްރުއަރީ 2026
ސެއިންޓް ލޫޝިއާގެ މިނިވަންދުވަހުގެ ތަހުނިޔާ އެޤައުމުގެ ވަޒީރަށް ފޮނުއްވައިފި
22 ފެބްރުއަރީ 2026
|
ސެއިންޓް ލޫޝިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ފޮނުއްވުން. ފޮޓޯ: ޚާރިޖީ ވުޒާރާ
އެންމެ މަޤްބޫލު
ސެއިންޓް ލޫޝިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ޚާރިޖީ ވަޒީރު، އަލްވާ ރޮމާނަސް ބަޕްޓީސްޓް އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
އެމެސެޖުގައި ވަނީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި އެޤައުމުގެ ވަޒީރު އަދި ރައްޔިތުންނަށް ސެއިންޓް ލޫޝިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް އަރިސްކުރައްވާކަމަށެވެ.
މީގެ އިތުރުން އެ މެސެޖުގައި ދިވެހިރާއްޖެއާއިި ސެއިންޓް ލޫޝިއާ އަކީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ގެ ޤައުމު ކަމުގައިވާތީ، ކުރިޔަށް އޮތް އަހަރުތަކުގައިވެސް، ބައިނަލްއަޤްވާމީ މައިދާނުގައި ސެއިންޓް ލޫޝިއާ އާއި ރާއްޖެއާ ދެމެދު އޮންނަ އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގައި ޔަގީންކުރައްވާކަމަށް ވިދާޅުވިއެވެ.
ސެއިންޓް ލޫޝިއާގެ ވަޒީރަށް ކުރާ މަތިވެރި ގަދަރު އާކުރައްވާ އެކަން ޔަގީންކޮށް އެރުއްވުމަށް އެ ފުރުސަތު ބޭނުންކުރައްވާ ކަމަށް ވެސް އެމެސެޖުގައިވެއެވެ.