ENGLISH
22 ފެބްރުއަރީ 2026
ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާ މީހުންނަށް ބީއެމްއެލްއިން ޑޮލަރު ދޫކުރާ އިންތިޒާމަށް ލުއިތަކެއް
22 ފެބްރުއަރީ 2026
|
އެންމެ މަޤްބޫލު
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާ ދިވެހިންނަށް ޑޮލަރަށް އެދުމުގެ މަރުހަލާ އެ ބޭންކުގެ މޮބައިލް ބޭންކިން އެޕް މެދުވެރިކޮށް ކުރިއަށް ގެންދެވޭ ގޮތަށް ހަމަޖައްސައި، އެކަން އިތުރަށް ފަސޭހަކޮށްދީފިއެވެ.
ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާ ކަސްޓަމަރުންނަށް މިހާރު އެޕް މެދުވެރިކޮށް ސީދާ ޑޮލަރަށް އެދި ހުށަހެޅުމާއި، ބޭނުންވާ ލިޔެކިޔުންތައް އަޕްލޯޑް ކުރުމާއި، އަދި ހުށަހަޅާފައިވާ ރިކުއެސްޓްގެ ސްޓޭޓަސް ވަރަށް ފަސޭހައިން ބަލާލެވޭނެއެވެ.
އައު އުސޫލުގެ ދަށުން އާސަންދަ އަދު އެންސްޕާ މެދުވެރިކޮށް ބޭރަށް ފަރުވާއަށްދާ ފަރާތްތަކަށް 2000 ޑޮލަރާ ހަމައަށް ލިބޭނެއެވެ. އަދި އަމިއްލަ ހަރަދުގައި ބޭސްފަރުވާއަށްދާ ފަރާތްތަކަށް 1000 ޑޮލަރާ ހަމައަށް ޑޮލަރު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
ބޭންކުން ބުނި ގޮތިގައި މެޑިކަލް ޑޮލަރު ދޫކުރެވޭނީ ހަމައެކަނި ޔޫއެސްޑީ އެކައުންޓުތަކަށެވެ. އަދި ޔޫއެސްޑީ އެކައުންޓެއް ނެތް ކަސްޓަމަރުންނަށް މޮބައިލް ބޭންކިން އެޕް މެދުވެރިކޮށް ވަރަށް ފަސޭހައިން އެކައުންޓެއް ހުޅުވޭނެ އިންތިޒާމު ވެސް މިހާރު ވަނީ ހަމަޖައްސާފައެވެ.