ENGLISH
25 ފެބްރުއަރީ 2026
ފެނަކައިން ހަތަރު ރަށަކަަށް އާ ޖަނަރޭޓަރުތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަނީ
22 ފެބްރުއަރީ 2026
|
އެންމެ މަޤްބޫލު
ފެނަކައިން، ދިވެހިރާއްޖޭގެ ރަށްތަކަށް ފޯރުކޮށްދެމުންދާ ކަރަންޓު ހިދުމަތް އަޕްގްރޭޑް ކުރުމަށް ބޭނުންވާ ޖަނަރޭޓަރުތައް، ހަތަރު ރަށަކަށް ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ.
ފެނަކައިން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ ޖަނަރޭޓަރުތައް ފޮނުވުމަށް ހަމަޖެހިފައިވާ ހަތަރު ރަށަކީ ލ.އިސްދޫ، ލ.ދަނބިދޫ، ބ.ކެންދޫ އަދި ހއ.ކެލާ އެވެ.
ޖަނަރޭޓަރުގެ ތަފްޞީލް
ފެނަކައިން ބުނީ، މީގެ ތެރެއިން ދަނބިދޫއަށާއި އިސްދޫއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޖެންސެޓްތައް ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ކެންދޫ އާއި ކެލާއަށް ފޮނުވުމަށް ހަމަޖެހިފައިވާ ޖެން ސެޓް މާލެ ގެނެސް ކްލިއަރ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ދަނބިދޫއާއި އިސްދޫގެ ޖެން ސެޓް ފޮނުވުމަށް ތައްޔާރުވެފައިވާ ކަމަށާއި އަދި މާދަމާގެ ވަގުތެއްގައި އެދެ ރަށަށް ޖެން ސެޓްތައް ގެންދެވޭނެ ކަމަށްވެސް ފެނަކައިން ވަނީ ބުނެފަ އެވެ. އަދި ކެންދޫ އާއި ކެލާ އަށް ފޮނުވުމަށް ހަމަޖެހިފައިވާ ސެޓްތައްވެސް ކްލިއަރ ކުރުމަށްފަހު ދެ ދުވަހެއްގެ ތެރޭގައި އެ ދެ ރަަށަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މި ހަތަރު ރަށުގެ މީހުންގެ ޝަކުވާއަކީ، މިހާރު އަރަށްތަކަށް ފޯރުކޮށްދެމުންދާ ހިދުމަތުގެ ފެންވަރު ދަށްކަމުގެ ޝަކުވާ އެވެ. އަދި ރަމަޟާންމަހަކީ ކަރަންޓު ގިނައިން ބޭނުންކުރާ މަހަކަށް ވުމުން އެރަށްތަކުގެ ރައްޔިތުންނަށް ދިމާވަމުން އަންނަ ދަތިތައް ވަނީ އިތުރުވެފަ އެވެ. މި ޖަނެރޭޓަރު ސެޓްތައް އިންސްޓޯލްކޮށް ހިދުމަތް ދޭން ފެށުމާއެކު އެރަށްތަކަށް ދިވާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލު ލިބިގެންދާނެކަމަށް ފެނަކައިން ގަބޫލުކުރެ އެވެ.