ENGLISH
22 ފެބްރުއަރީ 2026
ފ،އަތޮޅާއި ދ.އަތޮޅުގެ ދެމެދުގައި ކުރާ އާރްޓީއެލް ދަތުރުތަކުގެ އަގުތައް އިއުލާނުކޮށްފި
22 ފެބްރުއަރީ 2026
|
ްއާރްޓީއެލް ފެރީތައް/ ފޮޓޯ؛ވަގުތު
އެންމެ މަޤްބޫލު
އާރްޓީއެލް ހިދުމަތުގެ ތެރެއިން ފ.އަތޮޅާއި ދ.އަތޮޅާ ދެމެދުގައި ކުރާ ފެރީ ދަތުރުތަކުގެ އަގުތައް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން މިއަދު އާއްމުކޮށްފިއެވެ.
ވުޒާރާއިން މިއަދު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާ އަގުތަކަށް ބަލާއިރު އެ ދެ އަތޮޅުގެ ދެމެދުގައި ކުރާ ދަތުރުތަކުގެ ތެރެއިން، ދެކޮޅު ދަަތުރުގެ އެންމެ ކުޑަ އަގަކީ 260 ރުފިޔާއެވެ. އަދި އެންމެ އަގު ބޮޑު ދަތުރަކީ 300 ރުފިޔާއަށް ކުރެވޭ ދަތުރެވެ.
މި ދެ އަތޮޅުގައި އާރްޓީއެލް ހިދުމަތް ފެށުމުގެ ކުރިން ރ.އަތޮޅުގައި މި ހިދުމަތް ތައާރަފުކުރިއެވެ. އެއާއެކު މިހާރު ރާއްޖޭގެ 15 އަތޮޅެއްގަައި އާރްޓީއެލް ހިދުމަތްވަނީ ގާއިމުކުރެވިފައެވެ.
ރާއްޖޭގައި އާރްޓީއެލްގެ ހިދުމަތް ދިނުމަށް ކަނޑައަޅާފައިވާ 6 ޒޯނުގެ ތެރެއިން މިހާތަނަށް 4 ޒޯނެއްގައި ވަނީ ހިދުމަތް ފަށާފައެވެ. އަދި ހިދުމަތް ނުފެށި ވަނީ ޒޯން 3 އަދި ޒޯން 4 ގައެވެ.
ސަރުކާރުގެ އަމާޒަކީ އާރްޓީއެލް ފެރީގެ ހިދުމަތް ނުފެށި އޮތް ހަތަރު އަތޮޅުގައި ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި މި ހިދުމަތް ފެށުމެވެ. އެކަމަށްޓަކައި ދަތުރުފަތުރާ ބެހޭ ވުޒާރާއާއި މި ހިދުމަތް ދޭ ކުންފުނިކަމުގައިވާ އެމްޓީސީސީ ގުޅިގެން މަސައްކަތްތައް ދަނީ ކުރަމުންނެވެ.
އާރްޓީއެލް ފެރީގެ ޚިދުމަތުގެ ސަބަބުން ރަށްރަށުގެ މެދުގައި ކުރާ ދަތުރުތައް އިތުރަށް ފަސޭހަވެ، އިތުބާރު ހިފޭ ނިޒާމެއްގެ ތެރެއިން ރައްޔިތުންނަށް ބޮޑެތި މަންފާތަކެއް ދަނީ ލިބެމުންނެވެ. އެގޮތުން މި ދަތުރުތަކަކީ ކަނޑައެޅިފައިވާ ތާވަލަކާ އެއްގޮތަށް ބަރާބަރަށް ކުރެވެމުންދާ ދަތުރުތަކަކަަށް ވެފައި، ދަތުރުތަކުގެ އަގަކީ ހެޔޮ އަގަކަށްވާތީ ގިނަ ބަޔަކަށް ކުރިއާލައި ރާވައިގެން ކުރަންޖެހޭ ދަތުރުތައް ކުރުމަށް ފުރުސަތު ލިބެއެވެ.