ENGLISH

23 ފެބްރުއަރީ 2026

Advertisement

ރައްޔިތުންނަށް ދޭ ހިދުމަތަކަށް ޖަވާބުދާރީކުރުވާނީ ކިހިނެއް؟ ތަރައްގީއަށް ހުރަސްއެޅުމަކީ އެއީ: ފައިސަލް

22 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

ފައިޞަލް، މާފަންނު އުތުރު ދާއިރާގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަނީ. ފޮޓޯ؛އެމްއެމްޓީވީ

ސަރުކާރުން ރައްޔިތުންނަށް ދެމުންދާ ހިދުމަތަކަށް އެ ސަރުކާރެއް ޖަވާބުދާރީކުރުވާނީ ކިހިނެތްތޯ ސުވާލު އުފައްދަވައި، ތަރައްގީއަށް ހުރަސްއެޅުމަކީ އެފަދައިން އިދިކޮޅު ފަރާތްތަކުން އަމަލުކުރުން ކަމަށް މާފަންނު އުތުރު ދާއިރާގެ ކައުންސިލް ގޮނޑިއަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު އަހުމަދު ފައިޞަލް ވިދާޅުވެއްޖެ އެވެ.

ކޮންގްރެސް ޕާޓީން ރާއްޖޭގެ މީޑިއާތަކުގެ ޒަރީއާއިން ކުރިއަށްގެންދާ ކެމްޕެއިން ޕްރޮގުރާމް "ދިވެހީންގެ ރާއްޖެ" ޕްރޮގުރާމުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުން ފައިޞަލް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށްޓަކައި ކައުންސިލުތަކުގެ އެއްބާރުލުން ވަރަށް މުހިންމު ކަމަށެވެ. 

އިދިކޮޅު ކެންޑިޑޭޓުންނަށް އިންތިހާބުގައި މެޖޯރިޓީ ދީފިނަމަ ސަރުކާރުން ބޭނުންވާ ތަރައްގީ ގެނައުމުގައި ދަތިތަކާ ކުރިމަތިވާނެކަމަށާއި އިދިކޮޅު ފަރާތްތަކުން އިންތިހާބަށް ނުކުންނަނީ ވެސް އެ ވިސްނުމުގައިކަމަށް ފައިޞަލް ވިދާޅުވިއެވެ.

"ކޮންކަމަކާތޯ ޖަވާބުދާރީ ކުރުވަންވީ؟. ސަރުކާރުން ގެންނަ ތަރައްގީއާ ގުޅޭގޮތުން ނުވަތަ ރަށެއްގައި އަޅާ ސްޕޯޓްސް ކޮމްޕްލެކްސްއަކާ ގުޅޭގޮތުން ނުވަތަ ކައުންސިލު އިމާރާތަކާ ގުޅޭގޮތުން ނުވަތަ ރަށެއްގައި އަޅާ ފުޓްބޯޅަ ދަނޑަކާއި، ނުވަތަ ބަށި ކޯޓަކާ ގުޅޭގޮތުން ކިހިނެތްތޯ ސަރުކާރު ޖަވާބުދާރީ ކުރުވާނީ؟. މިއީ ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތެއް ނޫންތޯ؟ މިކަންކަމާ ދެކޮޅަށް މަސައްކަތްކުރާނަމަ އެއީ ތަރައްގީއާ ދެކޮޅަށް ނޫންތޯ އެ މަސައްކަތް ކުރަނީ." - މާފަންނު އުތުރު ދާއިރާގެ ކައުންސިލު ގޮނޑިއަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު އަހުމަދު ފައިޞަލް

މާލޭގެ މޭޔަރުކަމުގެ ދެވަނަ ދައުރެއް ހޯދުމަށް މިހާރު ކެމްޕެއިން ކުރައްވާ އެމްޑީޕީގެ މޭޔަރު އާދަމް އާޒިމްއާއެކު މަސައްކަތްކުރަން ފަސޭހައެއް ނުވާނެކަމަށާއި، މާލެ ތަރައްގީކުރުމުގެ ވިޝަންއެއް އާޒިމްގެ ލީޑަރޝިޕްގައި ނުގެންގުޅުއްވާކަމަށް ފައިޞަލް ވިދާޅުވި އެވެ. 

މާލެ ތަރައްގީކުރަން ބޭނުންވަނީ މާލޭގެ މޭޔަރަކަށް ރައީސް ޑރ. މުއިއްޒު ހުންނެވި އިރު އެ ކުރެއްވި މަސައްކަތް ކުރާނޭ ފަދަ ލީޑަރަކާއި ކައުންސިލަރުން ކަމަށް ފައިޞަލް ވިދާޅުވި އެވެ. އަދި މާލޭގެ ރައްޔިތުން ބޭނުންވާ ތަރައްގީ ހޯދައިދެވޭނީ ޕީއެންސީއަށް ކަމަށް ވިދާޅުވެ، ފައިޞަލް ވަނީ މާލޭ ސިޓީ ކައުންސިލުގެ ގޮނޑިތައް ސަރުކާރަށް ދިނުމަށް ގޮވާލައްވާފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު