ENGLISH
23 ފެބްރުއަރީ 2026
ބުރުނީ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް
22 ފެބްރުއަރީ 2026
|
ބުރުނީ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
ތ.ބުރުނީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ބަނދަރުގެ އެއްގަމު ތޮށީގައި ކޮންކްރީޓް ބްލޮކްތައް ބެހެއްޓުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، (އެމް.ޓީ.ސީ.ސީ)އިން ބުނެފި އެވެ.
އެމްޓީސީސީއިން ބުނީ، މި މަޝްރޫއަށް ބޭނުންވާ ކޮންކްރީޓް ބްލޮކްތައް އެ ސައިޓަށް ގެންގޮސް ބާލާފައިވާ ކަމަށެވެ.
ބުރުނީ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: އެމްޓީސީސީ
މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ:
މީގެ އިތުރުން ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ބްރިޖެއް ހެދުމުގެ އިތުރުން ބަނދަރުގައި ބައްތި ހަރުކުރުމާއެކު ނެރު ބައްތި ހަރު ކުރުމުގެ މަސައްކަތް ހިމެނެ އެވެ.
ބުރުނީ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: އެމްޓީސީސީ
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 54.34 މިލިއަން ރުފިޔާއަށެވެ.
ބުރުނީގެ މިހާރުގެ ބަނދަރު ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. އަދި އެ ބަނދަރުގެ ޖާގަ ކުޑަވުމުގެ ސަބަބުން އެ ރަށަށް އަރާ ފައިބާ މީހުންގެ އިތުރުން، އެ ރަށުގެ މަސްވެރިންނާއި އެ ރަށަށް އަންނަ އިތުރު މަސްވެރި ދޯނިފަހަރު އެޅުމަށް ދަތިތަކަކާ ވަނީ ކުރިމަތިވެފައެވެ.
ބުރުނީ ބަނދަރު ތަރައްޤީކޮށް ނިމުމާއެކު، އެރަށުގެ ބަނދަރަށް ބޭނުންވާ ޖާގަ ލިބި، ފަޅު ފުންކުރުމުގެ ސަބަބުން މުދާ ބޭލުމާއި ލަފާ ފުރުމަށް އެތައް ލުއިފަސޭހައެއް ލިބޭނެއެވެ.