ENGLISH
23 ފެބްރުއަރީ 2026
އދ. އޮމަދޫ ޕޮލިސް ޕޯސްޓުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކުރިއަށްދަނީ
22 ފެބްރުއަރީ 2026
|
އދ. އޮމަދޫ ޕޮލިސް ޕޯސްޓުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
އދ. އޮމަދޫގައި ތަރައްޤީކުރަމުން އަންނަ ޕޮލިސް ޕޯސްޓުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ، މި އިމާރާތުގެ ވަށާފާރުގެ ލީން ކޮންކްރީޓް އެޅުމުގެ މަސައްކަތާއި، ފާރު ރޭނުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށެވެ.
އޮމަދޫގައި ގާއިމް ކުރާ ޕޮލިސް ޕޯސްޓަކީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ މަޝްރޫއުގެ ދަށުން ކުރަމުން އަންނަ މަސައްކަތެކެވެ. މި އިމާރާތުގެ ބިންގާ އަޅާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރ މަހުގެ ހަތްވަނަ ދުވަހު އެވެ.
އދ. އޮމަދޫ ޕޮލިސް ޕޯސްޓުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: އެމްޓީސީސީ
މި މަޝްރޫއުގެ ދަށުން 2000 އަކަފޫޓްގެ ސަރަޙައްދެއްގައި އިމާރާތް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އިރު، ކޮންކްރީޓްގެ މަސައްކަތްތަކާއި، ރޭނުމުގެ މަސައްކަތުގެ އިތުރުން ފިނިޝިންގެ ހުރިހާ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވެ އެވެ. އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 150 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 2.20 މިލިއަން ރުފިޔާ އަށެވެ.
ސަރުކާރުން މިހާރު އަންނަނީ މުޅި ރާއްޖޭގައި ފުލުހުންގެ ޚިދުމަތް ފުޅާކުރުމުގެ ބޮޑު މަޝްރޫޢެއް ހިންގަމުންނެވެ. އޭގެތެރޭގައި، ފުލުހުންގެ މަރުކަޒުތައް މަރާމާތު ކުރުމާއި، ފުލުހުންގެ ޕޯސްޓުތައް ޤާއިމުކުރުމާއި، ފުލުހުންގެ އާ މަރުކަޒުތައް އެޅުން ހިމެނެ އެވެ.
ރާއްޖޭގައި ކުށްކުރާ މީހުން މަދުކޮށް، ޤާނޫނާއި ގަވާއިދަށް ދިވެހިން އުޅުމަށް ބާރު އެޅުމުގެ ގޮތުން ފުލުހުން ދެމުން އަންނަ ޚިދުމަތް ރަނގަޅު ފެންވަރަކަށް ދިނުމަށް ސަރުކާރުންނާއި، ފުލުހުންގެ ޚިދުމަތުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.