ENGLISH

22 ފެބްރުއަރީ 2026

Advertisement

ތިން ކިލޯގެ މަސްތުވާތަކެއްޗާއެކު ދިވެއްސަކާއި ބިދޭސީއަކު ހައްޔަރުކޮށްފި

22 ފެބްރުއަރީ 2026

|

އާމިނަތު ނުޒްލާ

މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ދެމީހުން-- ފޮޓޯ: ފުލުހުންގެ އިދާރާ

މަސްތުވާތަކެތި ގެންގުޅެ، އޭގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ.

ފުލުހުން ބުނީ، އެ އިދާރާގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން، މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އިއްޔެ ކަމަށެވެ.

މި އޮޕަރޭޝަނުގައި ދެ އުޅަނދެއް ބަލައި ފާސްކޮށް، މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ތިން ކިލޯއަށް ވުރެ ގިނަ ތަކެތި މި ދެ މީހުން އަތުން ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ހަނީފް (36އ) އާއި، ގއ. މާމެންދޫ، ފިޔާތޮށިވިލާ، އަޒުހަދު ނަސީމް (28އ) އެވެ.

މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ހަނީފް 5 ދުވަހަށް އަދި އަޒުހަދު ނަސީމް 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ފުލުހުން  އަންނަނީ މި މައްސަލަ  އިތުރަށް ތަހުގީގު ކުރުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު