ENGLISH
19 ފެބްރުއަރީ 2026
މަމްނޫން އަބްދުލްޤައްޔޫމް ކުއްލި ގޮތަކަށް އަވަހާރަވެއްޖެ
19 ފެބްރުއަރީ 2026
|
މަމްނޫން އަބްދުލްޤައްޔޫމް --
އެންމެ މަޤްބޫލު
ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ކޮއްކޯފުޅު އަދި ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުޤައްޔޫމްގެ ބޭބޭފުޅު މަމްނޫން އަބްދުލްޤައްޔޫމް މިރޭ އަވަހާރަވެއްޖެ އެވެ.
މަމްނޫން އަވަހާރަވީ މިރޭ ކުއްލި ގޮތަކަށެވެ. މަމްނޫން ގެންދެވީ ސިއްޙީ ބޮޑު މައްސަލައަކަށް ފަރުވާ ހޯއްދަވަމުންނެވެ. މިހާރު ވަރަށް ގިނަ އަހަރުތަކެއް ވެއްޖެ އެވެ.
މަމްނޫން އަވަހާރަވުމާއި ގުޅިގެން ރައީސް މައުމޫނާއި ރައީސް ޔާމީން ވެސް މިރޭ ވަނީ ހޮސްޕިޓަލަށް ވަޑައިގެންފަ އެވެ. މަމްނޫނަކީ ރައީސް މައުމޫންގެ އެއްބަފާ ކޮއްކޯފުޅެވެ. ރައީސް ޔާމީންގެ އެއްބަނޑުއެއްބަފާ ބޭބޭފުޅެވެ.
މަމްނޫނުގެ ބެއްލެވުމުގެ ދަށުގައި އޭނާގެ ގެކޮޅުގައި އަތޮޅުތެރޭގެ ރަށްރަށުގެ ވަރަށް ގިނަ ކުދީން ކިޔަވާން ތިއްބެވި އެވެ. އޭގެ ތެރޭގައި މިހާރު ދައުލަތުގެ ވަރަށް އިސް މަޤާމުތަކުގައި ތިއްބެވި އަދި އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ބޭފުޅުން ހިމެނެ އެވެ. އެ ބޭފުޅުން ފާހަގަ ކުރައްވާ ގޮތުގައި މަމްނޫނަކީ ވަރަށް ހެޔޮ ބޭފުޅެކެވެ. ދުވަހަކުވެސް ނުރުހުންވެ އެއްޗެއް ވިދާޅެއް ނުވެ އެވެ.
އާއިލާ މެންބަރުންނެކޭ އެ ބޭފުޅުންނެކޭ ތަފާތެއް ނުކުރައްވަ އެވެ.