ENGLISH
16 ފެބްރުއަރީ 2026
ފުލުހުންގެ މާހެފުމުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި
16 ފެބްރުއަރީ 2026
|
ދިވެހި ފުލުހުންގެ ޚިދުމަތުން މާހެފުން ބޭއްވުން --
އެންމެ މަޤްބޫލު
ބަރަކާތްތެރި ރަމަޟާން މަހަށް މަރުހަބާ ކިޔުމުގެ ގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުން މާހެފުން ބާއްވައިފި އެވެ.
އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި މި މާހެފުން ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އެވެ. މި މާހެފުމުގައި ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި ދާޚިލި ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އާއި ދައުލަތުގެ އެކި ވަޒީރުންނާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި ދައުލަތުގެ އެކި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެލެއްވި އެވެ.
މީގެ އިތުރުން، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންނާއި އެހެނިހެން ރޭންކު ތަކުގެ ފުލުހުންގެ އިތުރުން އާންމު މުވައްޒަފުން ވެސް މި މާހެފުމުގައި ބައިވެރިވި އެވެ.